ކަރަންޓީން ފެސިލިޓީގައި ތިބި 170 މީހުން މިއަދު ކަރަންޓީނުން ދޫކޮށްލައިފި ކަމަށް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރީކް އަޒީޒިް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރުކް ވިދާޅުވީ، ކަރަންޓީންގައި ތިބި 170 މީހުން ދޫކޮށްލާފައި ވަނީ، 14 ދުވަހުގެ ކަރަްނޓިން މުއްދަތު ހަމަކުރުމަށްފަހު ދެފަހަރު ސާމްޕަލް ނަގާ ކޮވިޑަށް ހެދުނު ޓެސްޓުގެ ނަތީޖާ ނެގެޓިވްވުމުން ކަމަށެވެ.

މިހާރު އައިސޮލޭޝަން ފެސިލިޓީގައި ތިބި މީހުންގެ އަދަދަކީ 140 މީހުންނެވެ. އަދި ކަރަންޓީން ފެސިލިޓީގައި ތިބި މީހުންގެ އަދަދަކީ 1371 މީހުން ނެވެ.

މިހާތަނަށް ރާއްޖެޭގައި 5704 ސާމްޕަލްއެއް ޓެސްޓު ކުރުމަށް ނަގާފައިވާ ކަމަށާއި، އޭގެ ތެރޭގައި މިހާރު ނަތީޖާ ނުލިބި ހުރީ 242 ސާމްޕަލްއެއް ކަމަށް މަބރޫކް ވިދާޅުވިއެވެ. ރާއްޖެއިން ޕޮޒިޓިވްވި ކޭސްގެ އަދަދު 141 އަަށް އަރާފައިވާއިރު ޖުމްލަ ކޮންޓެކްޓް ޓްރޭސިންގެ ގޮތުގައި 1943 ފަރާޓެއް ފެނިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. ހަމައެއާއެކު މިހާތަަނށް 281 ތަނެއް މޮނިޓަރިންގެ ގެ ހާލަތަށް ގެނެވިފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން ގިނަ ތަންތަން މޮނިޓަރިންގެ ހާލަތަށް ގެނގޮސްފައިވާ އިރު މިއަދު ނ، ހޮޅިުދޫއާއި ށަ އަތޮޅުގެ 5 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. އެގޮތުން ށ. ފުނަދޫއާއި، ނަރުދޫއާއި، މިލަންދޫއާއި ފީވަށް އަދި މާއުނގޫދޫ ހިމެނެއެވެ.

މިއަދު ކޮވިޑަށް ޖުމްލަ 12 ފަރާތެއް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.