ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުތެމުންދާ ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 4 މީހަކު ޕޮޒިޓިވްވެ، ޖުމްލަ އަދަދު 141 އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިރޭ ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 2 މީހަކާއި ލަންކާ މީހަކާއި ދިވެއްސެކެވެ.

މާލެއިން މިއަދުވެސް 8 މީހަކު ޕޮޒިޓިވް ވިއެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނެވެ. އެއީ ކޭސް 130 އިން 137 އަށެވެ. މިރޭ ޕޮޒިޓިވް ވި މީހުންނާއެކު ޖުމްލަ 141 އަށް އަރާފައި ވާއިރު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

ފާއިތުވި 6 ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 22 އޭޕްރީލް ފިޔަވާ ކޮންމެ ދިވެއްގައިވެސް ޕޮޒިޓިވް ވި ކޭސްތައް ހުރީ 15 އިން މަތީގައެވެ. 22 އޭޕްރީލްގައި ޕޮޒިޓިވް ވި ކަމަށް ސަރުކާރުން އިއުލާން ކުރީ 2 މީހުންނެވެ.

މާލެ ސަރަހައްދުގައި ޕޮޒިޓިވް ވާ ކޭސްތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ބާރަށް ބަލި ފެތުރޭކަން ހާމަވެއެވެ. އަދި މިކަމާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީންވެސް ވަނީ މިއަދު ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ، ބަލި ފެތުރޭ އަވަސް މިނާ ބާރު މިނަށް ބަލާއިރު، ކުރިއަށް އޮތް ތާނގައި ބަލިވާ މީހެން އެމީހެއްގެ ގޭގައި ކަރަންޓީނު ކުރަންވެސް ޖެހިދާނެ ކަމަށެވެ. އަދި އެކަމަށް ރައްޔިތުން ތައްޔާރުވެގެން ތިބުމަށްވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.