ރާއްޖޭގައި ބަންގްލަޑޭޝްގެ އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ ރޭ 9 ޖެހުމާ ހަމައަށް 18 މީހަކު ޕޮޒިޓިވް ވެފައި ވާކަން އިއުލާނު ކުރި ފަހުން އިތުރު މީހެއްގެ ނަތީޖާ ޕޮޒިޓިވް ވެފައި ވާ ކަމަށެވެ.

ރޭ ޕޮޒިޓިވް ވި ބަންގްލަދޭޝްގެ މީހާ ގުޅޭ ކްލަސްޓާއެއް އެޗްޕީއޭއަކުން ނުބުނެއެވެ.

އިއްޔެ ރާއްޖެއިން ޖުމްލަ 19 މީހަކު ޕޮޒިޓިވް ވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ، 14 ދިވެހިންނާއި، ބަންގްލަދޭޝް 3 މީހުންނާއި، އިންޑިއާ މީގެއްގެ އިތުރުން ލައްކާ މީހެކެވެ.

މިހާތަނަށް ރާއްޖޭގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 60 ދިވެހިންނާއި 69 ބިދޭސީންނެވެ.

މިހާތަނަށް 5448 ސާމްޕަލް ނަގާފައި ވާއިރު 5071 ސާމްޕަލް ވަނީ ނެގެޓިވް ވެފައެވެ. އައިސޮލޭޝަންގައި މިވަގުތު 125 މީހަކު ތިބިއިރު ކަރަންޓީން ފެސިލިޓީތަކުގައި 1329 މީހަކު އެބަތިއްބެވެ. މާލެއިން ކޮވިޑް19 ފެނިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް މާލެ ސިޓީ ވަނީ ލޮކްޑައުން ކޮށްފައެވެ.