އިނގިރޭސިވިލާތުގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ނޭޝަނަލް ހެލްތް ސާވިސްގެ މުވައްޒަފުންނާ އިތުރު މުހިންމު ޒިންމާތަކެއް އަދާކުރާ މަސައްކަތްތެރިންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވެފައިވާކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން އާންމުކުރި ރެކޯޑްތަކުން ދައްކައިފިއެވެ.

މި ރެކޯޑްތައް ދައްކާ ގޮތުގައި، "ޒިންމާދާރު މަސައްކަތްތެރިންނާ އެމީހުންގެ އާއިލާތައް" ހިމެނޭގޮތަށް 16888 މީހެއްގެ ޓެސްޓު ހަދާފައިވާއިރު، އޭގެ ތެރެއިން 5733 މީހުން ނުވަތަ 34 ޕަސެންޓް، ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަން ވަނީ ކަށަވަރުވެފައެވެ.

ސިއްހީ ހިދުމަތުގެ އެންމެ ކުރީސަފުގައި ކޮވިޑް-19އާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ޚިދުމަތްތެރިންގެ ހަށިރައްކަލަށް ބޭނުންކުރާ އާލާތްތައް (ޕީޕީއީ)، އެކަށީގެންވާ މިންވަރެއްގެ ލިބެމުން ނުދާކަމުގެ ޝަކުވާގެ އަޑު، އިނގިރޭސިވިލާތުގައި ދަނީ ގަދަވަމުންނެވެ. އެކަށީގެންވާ ގޮތެއްގައި ޕީޕީއީ ފޯރުކޮށްދެވެމުން ނުދިއުމުގެ ސަބަބުން، ސިއްހީ ހިދުމަތްތެރިންގެ އާއިލާތަކަށްވެސް ސަލާމަތްތެރިކަން ނެތް ކަމުގެ ޝަކުވާވެސް އެތައް ބަޔަކު ދަނީ ކުރަމުންނެވެ.

އިނގިރޭސިވިލާތުގެ އަދުގެ ހާލަތަށް ބަލާއިރު އެގައުމުން 88621 މީހުން ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު 11329