ކޮވިޑް-19 ރިކަވަރީ ސްކީމަށް އެދި ހުށަހަޅަން ޖެހޭ ލިޔެކިއުންތަކަކަކީ ކޮބާކަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކިޔައިދީފިއެވެ.

ކޮވިޑް-19 އެ ސްކީމްގެ ދަށުން ލޯނަށް އެދި ހުށަހަޅާނީ ބޭންކުން ކަނޑައަޅާފައިވާ އީމެއިލް [email protected] މެދުވެރިކޮށް ކަމަށް ބީއެމްއެލުން ވަނީ މީގެ ކުރިން ބުނެފައެވެ. އެޕްލިކޭޝަން ލިބުމުން ބޭންކުން ކްރެޓިޑް އިވެލުއޭޝަން ހެދުމަށްފަހު ލޯނު ލިބޭ ފަރާތްތަކަށް ގުޅާ އެކަން އަންގާނެ ކަމަށް ބީއެމްއެލުން ބުނެފައެވެ.

ރިކަވަރީ ސްކީމަށް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔެކިއުނަތްއް:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު
  • 2019 ވަނަ އަހަރުގެ މާލީ ހިސާބުތައް (އޮޑިޓެޑް ނުވަތަ މެނޭޖްމަންޓް އެކައުންޓް)
  • 2019 ވަނަ އަހަރުގެ ޖީއެސްޓީ ރިޓާންސް
  • ސޯލް ޕްރޮޕްރިއެޓާ: އައިޑީ ކާޑު ކޮޕީ އަދި ވިޔަފާރި ރަޖިސްޓްރީ ކޮޕީ
  • ކުންފުނި/ ޕާޓްނާޝިޕް: ރަޖިސްޓްރީ ސެޓްފިކެޓޤ ކޮޕީ، އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ޕްރޮފައިލް ޝީޓް އަދި ބޯޑް ރިޒޮލިއުޝަން

ކުންފުނި ނުވަތަ ޕާޓްނާޝިޕްތަކުން ބޭންކުން ދީފައިވާ ފޯމެޓަށް، ލޯނު ނަގާ އަދަދާއި، ލޯނު އަނބރާ ދެއްކުމަށް ބޭނުންވާ މުއްދަތާއި ލީނާ ގުޅޭ ލިޔެކިއުންތަކުގައި ކުްނފުނީގެ ފަރާތުން ސޮއި ކުރާނެ މީހަކު ކަނޑައެޅިފައި ހުންނަން ޖެހޭނެއެވެ.

މި ލޯނުތައް ދެވޭނީ ހަ މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާ އެކު ހަ ޕަސެންޓު އިންޓްރެސްޓު ރޭޓުގައި ކަމަށާއި ލޯނު އަނބުރާ ދައްކަން ޖެހޭނީ ތިން އަހަރު ދުވަހުގެ ތެރޭގައި ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައިވެއެވެ.