ކޮވިޑް19 އާއި ގުޅިގެން އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދުވަސްވަރުގައި ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް މެއިލްކޮށްގެން ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަނުން ބުނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މިދުވަސްވަރު އިއުލާންކޮށްފައި ވާއިރު، ކޮވިޑް19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އެ ކޮމިޝަނުން ފޯރުކޮށްދެމުން އަންނަ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ކަންކަމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށްޓަކައި، މިހާރު މެއިލްކޮށްގެން އެކަން ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

އަދި ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރުމަށްފަހު އައިޑީ ކާޑުގެ ކޮޕީއާއެކު [email protected] އަށް މެއިލް ކުރުމުން ރެކޯޑު ސާފުކުރެވޭނޭ އިންތިޒާމް ހަމަޖެހޭނެކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަނުން ބުނެއެވެ. އެ ކޮމިޝަނުން ބުނީ މެއިލް މެދުވެރިކޮށް ލިބޭ ފޯމުތަކުގައިވާ ރެކޯޑު ސާފުކުރުމަށްފަހު މެއިލް މެދުވެރިކޮށް ޖަވާބު ދޭނެ ކަމަށެވެ.

މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ 7766768 މިނަންބަރަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.