މާލޭ ގެއެއްގެ ވައިގޮޅި ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުން ބުނީ، މަރުވެފައި އޮއްވާ ފެނުނު މީހަކީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެމީހާ މަރުވިކަން ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައި ވާއިރު، އެމީހާ މަރުވެފައި އޮއްވާ ފުލުހުންނަށް ފެނުނީ އެ ގޭގެ ވައިގޮޅި ތެރެއިން ކަމަށްވެސް ބުނެއެވެ.

ގެއްލިގެން ހޯދި މީހާ މަރުވެފައި އޮއްވާ މިރޭ ފެނުނު އިރު ފުލުހުން ބުނީ އެމީހާ ހެނދުނުއްސުރެ ގެއްލިގެން ހޯދާކަމަށް ކަމަށް ފުލުހުންނަށް ރިޕޯޓު ކުރީ މިރޭ 10 އެއްވެސް ޖެހިފަހުން ކަމަށެއެވެ. އަދި ފުލުހުން ވަނީ 15 ވަރަކަށް މިނެޓުގެ ތެރޭގައި އެމީހާ ހޯދާފައެވެ.

އޭނާ މަރުވަން ދިމާވި ސަބަބެއް ނުވަތަ އޭނާއަށް ބޭރުފުށުން އަނިޔާއެއް ލިބިފައި ވާ ކަމެއް ނުވަތަ އެނޫންވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ފުލުހުން ބުނީ މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.