ސީއެޗްސީގެ ފުރަތަމަ ޕްރިންސިޕަލް ޑރ. އިބްރާހިމް އަބްދުލް މާލިކު، ކޮވިޑް19 ޖެހިގެން ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 ބަލީގައި ޑރ. މާލިކް މަރުވީ އިއްޔެގެ ވަގުތެއްގައެވެ. އަދި މި ބަލީގައި މަރުވިއިރު ޑރ. މާލިކްގެ އުމުރަކީ 97 އަހަރެވެ.

ޑރ. މާލިކްވަނީ މަތީ ތައުލީމުގެ ދާއިރާ ކުރިއެރުވުމަށް 70 އަހަރަށްވުރެ ގިނަ އަހަރު މަސައްކަތް ކުރައްވާފައެވެ. އެގޮތުން ސީއެޗްސީގެ ޕްރިިންސިޕަލްގެ ގޮތުގައި ހިދުމަތް ކޮށްދެއްވާފައި ވަނީ 1979 ފެށިގެން 1981 ގެ ނިޔަލަށެވެ. އަދި އެންމެ ފުރަތަމަ ރާއްޖެ ވަޑައިގަތީ ޔުނެސްކޯއިން ލިބިވަޑައިގެންވި ފުރުސަތެއްގައި 1979 ވަނަަ އަހަރުއެވެ. އަދި ރާއްޖެ ވަޑައިގެން އަމީނިއްޔާ ސްކޫލްގައި ސައިންސް ލެބެއް ޤާއިމު ކުރެއްވުމަށް މަސައްކަތް ކުރެއްވިއެވެ.

ޑރ. މާލިކް އަކީ ބާބޮޑަސް އާއިލާއަކަށް ނިސްބަތްވެ ވަޑާއިގަންނަވާ ބޭފުޅެކެވެ. އަދި އޭނާއަކީ ހާވަޑް ޔުނިވާސިޓީއިން ތައުލީމު ހާސިލް ކުރެއްވި އިނގިރޭސިވިލާތަށް ނިސްބަތްވާ ފުރަތަމަ ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.