ބާރު ސްޕީޑުގައި ނުރައްކާތެރި ގޮތަކަށް ސައިކަލު ދުއްވި މީހަކު ހައްޔަރުކޮށް އެމީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ މާލޭގެ އެކި މަގުތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބާރު ސްޕީޑުގައި ސައިކަލު ދުއްވި ދިވެހި ފިރިހެނަކު އަމީނީމަގުގެ ޓްރެފިކް ޕޮލިސް ސްޓޭޝަން ކުރިމަތިން ހުއްޓުވައި ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތު ޖަހާފައި ކަމަސްވެސް ފުލުހުން ބުނެއެވެ.

މަގުމަތީގައި އުޅޭ ބިރު ގަންނަ ގޮތަށް މާލޭގެ މަގުތަކުގައި ދުއްވާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ.

ފުލުހުން ގެންދަނީ އެފަދަ މީހުން ހުއްޓުވަން މާލޭގެ ހަރަކާތްތެރިވަމުންނެވެ.