ކާނިވާ ސަރަހައްދުގައި ޕާކިން ޒޯނުގެ މަސައްކަތް ކުރުމަށްޓަކައި އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ހަތަރު ފުރޮޅުލީ އުޅަނދުތައް ނެގުމަށް މާލެސިޓީ ކައުންސިލް ބުނެފިއެވެ.
އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެ ސަރަހައްދުގައި ޕާކު ކޮށްފައި ހުރި އުޅަނދުތައް ބަހައްޓާފައިވާ ފަރާތްތަކުން މި މަހުގެ 8ވަނަ ދުވަހުގެ ހަވީރު 18:00ގެ ކުރިން އެތަކެތި ނަގާ އެ ސަރަހައްދު ހުސް ކޮށްދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.
މާލެ ސިޓީން ކާނިވާ ސަރަހައްދުގައި ހަދަނީ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ ޕާކިން ޒޯނެކެވެ. އެ ޒޯނުގައި އުޅަނދުތައް ޕާކު ކުރުމަށް 52 ސްލޮޓު ދޫކުރުމަށް ހަމަޖައްސާފައިވާއިރު އެއިން ކޮންމެ ސްލޮޓެއްގެ މަގު ކުއްޔަކީ 3،000 ރުފިޔާއެވެ.
ފާއިތުވި އަހަރުގެ ތެރޭގައި 11 ޕާކިން ޒޯނެއް މާލެ ސިޓީ ކައުންސިލުން ހަދާފައިވާއިރު އެ ޕާކިން ޒޯނުތަކުގައި 800އާ 400އާ ދެމެދުގެ އަދަދަކަށް އުޅަނދުތައް ޕާކު ކުރެވޭނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ޕާކިން ޒޯނުތައް ހެދުމަށް 21 ޖާގަ ލިބިފައިވާ ކަމަށާއި އެ ހުރިހާ ޒޯނުތަކެއް މިއަހަރުގެ ތެރޭގައި ހުޅުވާލާނެ ކަމަށެވެ. މާލޭގައި ޕާކު ކުރުމުގެ މައްސަލައަކީ ބޮޑު މައްސަލައަކަށް ވެފައިވާއިރު ސިޓީ ކައުންސިލުން ބުނީ މާލެއަށް އެކަށީގެން ނުވާ ވަރަށް ވެހިކަލް އެތެރެ ކޮށްފައިވާ ކަމަށާއި އެހެންކަމުން ވެހިކަލް އެތެރެކުރާ މިންވަރު މަދު ކުރަން ނުވަތަ އެކަން ކޮންޓްރޯލް ކުރަން ޖެހޭ ކަމަށެވެ.
ނުހޮވުނު ސިފާ ރައްޔިތުން ރުލިއަރުވަނީ. މާދަމާ ރޭ މަގުތައް ކޮންނަން ހުއްދަ ދޭންވެސް ނިންމާފަޔޯ އޮތީ