ބ. ދަރަވަންދޫގައި ދެ ބެއިންގެ ދެމެދުގައި ހިންގި މާރާމާރީ އެއްގައި އެކަކުގެ އަތަށް ކަތުރު ހަރައިފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ، ބ. ދަރަވަންދޫގައި ދެ ބެއިންގެ ދެމެދުގައި ހިންގި މާރާމާރީ އެއްގައި އެކަކުގެ އަތަށް ކަތުރެއް ހަރާލާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ 29 ވަނަ ދުވަހު ކަމަށެވެ.
ފުލުހުން ބުނީ މި މާރާމާރީ ހިނގާފައިވަނީ މި މަހުގެ 28 ވަނަ ދުވަހު ދަރަވަންދޫ ގެއަކުން ކުރި ވައްކަމަކާއި ގުޅިގެން ކަމަށާއި، ވައްކަން ކުރި ގޭގައި ދިރިއުޅޭ އުމުރުން 29 އަހަރުގެ ފިރިހެނަކު އޭނާގެ ކޮއްކޮގެ ވޮލެޓުން ފައިސާ ގެއްލުމާއި ގުޅިގެން ކަމަށެވެ. ފުލުހުން ބުނީ އޭނަގެ ކޮއްކޮ އަކީ އުމުރުން 26 އަހަރުގެ މީހެއް ކަމަށެވެ.
އަދި އެ ދެމީހުންގެ ދެމެދުގައި ހިނގި ޒުވާބެއްގެ ތެރެއިން މާރާމާރީ ހިންގާ އުމުރުން 26 އަހަރުގެ މީހާގެ އަތަށް ކަތުރެއް ހަރާލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާއި ގުޅިގެން އިއްޔެ ފުލުހުން ވަނީ އުމުރުން 29 އަހަރުގެ މީހާ ހައްޔަރު ކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.