މާލޭ ގެސްޓްހައުސެއްގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ކާސިންޖީ މަގުގައި ހުރި ގެސްޓްހައުސެއްގައި ބަންގްލަދޭޝް ފިރިހެނަކު މަރުވެފައި އޮއްވާ ފެނުނު މައްސަލަ އެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ މިކަމުގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 9:10 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ، މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމީހާއަކީ މ. ކޮޅުފުށިން އައި މީހެއް ކަމަށެވެ. އަދި އޭނާ ބަނޑަށް ތަދުވާތީ އިއްޔެ އޭޑީކޭ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި، މިއަދު ވެސް ޑޮކްޓަރަށް ދެއްކުމަށް ދާން ޖެހޭ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މާލޭ ގެސްޓޤހައުސެއްގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

މައުލޫމާތުލިބިފައިވާ ގޮތުގައި، ރޭ މި ބިދޭސީ މީހާ ހުންއައިސް ހޮޑުލައިފައިވެއެވެ. އޭނާ މަރުވެފައި ވާކަން އެނގިފައި ވަނީ އޭނާ ގޮވައިގެން ޑޮކްޓަރަށް ދެއްކުމަށް އޭނާގެ ރައްޓެއްސަކު އޭނާ ބަލާ މިއަދު ހެނދުނު ދިއުމުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ. މި މީހާއަކީ އުމުރުން 38 އަހަރުގެ މީހެކެވެ.