ހއ.އަލިދޫ ރިސޯޓުން ވައްކަންކުރި މައްސަލާގައި އިތުރު ދެމީހަކު ހައްޔަރުކޮށް އެދެމީހުންގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ ހއ.އަލިދޫ ރިސޯޓުން ވައްކަންކުރި މައްސަލާގައި ކޯޓުއަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ އިތުރުމީހެއްގެ ބަންދައް، އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު 10 ދުވަސް ޖަހާފައިވާކަމަށެވެ.

ހައްޔަރުކޮށްފައި ވަނީ 30 އަހާއި 34 އަހަރުގެ ދެ ފިރިހެނުން ކަމަށްވެސް ފުލުހުން ބުނެއެވެ.

ހއ. އަލިދޫ އެރިސޯޓަށް އެކި ދުވަސްމަތިން އަރައި ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ މިމަހުގެ 24 ވަނަ ދުވަހެވެ.

އަލިދޫ ރިސޯޓުން ވައްކަން ކުރި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މިދިޔަ ހުކުރު ދުވަހު ކޯޓު އަމުރެއްގެ ދަށުން ޖުމްލަ 4 ދިވެހި ފިރިހެނުން ވަނީ ހައްޔަރު ކޮށްފައެވެ. އެއީ އުމުރުން 35 އަހަރާއި، 34 އަހަރާއި، 33 އަހަރު އަދި 30 އަހަރުގެ ދިވެހިން ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ، އެ 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހއ. ފިއްލަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ބަންދުގައި ބޭއްތިއްބުމަށް 10 ދުވަސް ދީފައިވާ ކަމަށެވެ.