އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

ކޮވިޑް-19އަށް ބޮރިސް ޖޯންސަން ޕޮޒިޓިވްވި ކަން ހާމަކުރައްވާފައި ވަނީ އޭނާގެ ޓްވިޓާ ހޭންޑްލް މެދުވެރި ކުރައްވައެވެ.

މިކަން ބަޔާން ކުރައްވަމުން ޖޯންސަން ވިދާޅުވީ، ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ބަލީގެ އަލާމާތްތައް ކޮންމެވެސް ވަރަކަށް ފެނިފައި ވާކަމަށާ، އަދި މި ހާރު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވާކަމަށެވެ.

މިވަގުތު ހުންނެވީ ސެލްފް-އައިސޮލޭޝަންގައި ކަމަށާ، ސަރުކާރު ހިންގަވަމުން ގެންދަވާނީ ވީޑިއޯ ކޮންފަރެސް ޓެކްނޮލޮޖީ މެދުވެރި ކުރައްވައިގެން ކަމަށްވެސް ޖޯންސަން ވަނީ ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުން ކޮވިޑް-19އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާރު ވަނީ 11658 އަށް އަރާފައެވެ.

އިނގިރޭސިވިލާތުގެ ވަލީއަހުދު ޕްރިންސް ޗާލްސްވެސް ވަނީ ކޮވިޑް-19އަށް ޕޮޒިޓިވް ވިކަން ކަށަވަރު ކޮށްދެއްވާފައެވެ.