އިތުރު މީހަކު ކޮވިޑް-19 އިން ރަނގަޅު ވެއްޖެއެވެ. މި ފަހަރު ރަނގަޅުވެގެން ރިޕޯޓު ކުރީދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ މީހެކެވެ.

ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރަމުން މިރޭ ދަރުބާރުގެގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުހައްމަދު އަލީ ވިދާޅުވީ، ކޮވިޑް-19 އަށް ފަރުވާ ކުރަމުން ދިޔަ އިތުރު މީހަކު މިއަދު ރަނގަޅުވެފައިވާ ކަމަށެވެ.

އިތުރު މީހަކު ރަނގަޅުވުމާއެކު ރާއްޖެއިން ރަނގަޅުވި މީހުންގެ އަދަދު 9 އަކަށް އެރީއެވެ. ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ ޖުމްލަ 13 މީހުންނެވެ. އޭގެ ތެރެއިން މި ބައްޔަށް މިހާރު ފަރުވާ ކުރަމުން ދަނީ، 4 މީހަކަށެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުން 4 ފަތުރުވެރިންނާއި 1 ސްޓާފެއް އަދި އަނަންތަރާ އައިލެންޑް ރިސޯޓުން 2 ފަތުރުވެރިން، ކުރަމަތި އައިލެންޑް ރިސޯޓުގެ 2 ފަތުރުވެރިން، ސޭންޑީސް ބަތަލާ ރިސޯޓުން 2 ފަތުރުވެރިން އަދި އައިލެންޑް ސަފާރީން 2 ފަތުރުވެރިންނެވެ.

މިހާރު މި ބަލިން ރަނގަޅުވެފަ އިވަނީ، ކުރެއްދޫ އައިލެންޑް ރިސޯޓުގެ ޑޮކްޓަރާއި، 2 ފަތުރުވެރިން، ސޭންޑީސް ބަތަލާ ރިސޯޓުގެ 2 ފަތުރުވެރިން، ކުރަމަތި އައިލެންޑް ރިސޯޓުގެ 2 ފަތުރުވެރިން އަދި އައިލެންޑް ސަފާރީގެ 2 ފަތުރުވެރިންނެވެ.