ގޭގައި ތިބިގެން އިންޓަނެޓް ބޭންކިން އަށް ރަޖިސްޓާ ކުރެވޭ ގޮތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ.

އިންޓަރނެޓް ބޭންކިން އަށް ރަޖިސްޓާ ކުރުމަށް ކުރަން، އެޕްލިކޭޝަން ފޯމު ޑައުންލޯޑް ކޮށް. އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުމަށް ފަހު، ފޯމުގެ ފޮޓޯއެއް ނުވަތަ ފޯމު [email protected] އަށް އީމެއިލް ކުރަން ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ، މިހާތަނަށް އިންޓަނެޓް ބޭންކިން އަށް އެދި ހުށަހެޅުމަށް އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހެނީ ބޭންކުގެ ބްރާންޗަކަށް ކަމަށެވެ. އަދި މިދިޔަ ބްރާސްފަތި ދުވަހު ބޭންކުން ގެނައި ބަދަލަށް ކަސްޓަމަރުންގެ ރަނގަޅު ތަރުހީބެއް ލިބެމުންދާ ކަމަށް އެ ބޭންކުން ބުނެއެވެ.

އިންޓަނެޓް ބޭންކިން އިން ލިބޭ ހިދުމަތްތައް:

ބެލެންސް ޗެކްކުރުން

  • އެކައުންޓާއި ކާޑުގެ ބެލެންސް ބަލާލުން
  • އެކައުންޓް ސްޓޭޓްމަންޓް ބެލުމާއި ޑައުންލޯޑް ކުރުން

ފައިސާދެއްކުން

  • އަމިއްލަ ކްރެޑިޓްކާޑު އަދި ލޯނަށް ފައިސާ ދެއްކުން
  • އެހެން ފަރާތެއްގެ ކްރެޑިޓްކާޑު އަދި ލޯނަށް ފައިސާ ދެއްކުން
  • ޓްރާންސްފާ ކުރުން
  • އަމިއްލަ އެކައުންޓްތަކަށް ފައިސާ ފޮނުވުން
  • އެހެން ފަރާތެއްގެ އެކައުންޓަކަށް ފައިސާ ފޮނުވުން (އެގޮތުން ބީއެމްއެލް، ރާއްޖޭގައި ހުންނަ އެހެން ބޭންކެއް ނުވަތަ ރާއްޖެއިން ބޭރު ބޭންކެއްގެ އެކައުންޓަކަށް ފައިސާ ފޮނުވާލެވޭނެ)

ބޭންކުގެ ހިދުމަތްތަކަށް އެދިހުށަހެޅުން

  • އިތުުރު އެކައުންޓެއް ހުޅުވުން
  • ޑެބިޓް ނުވަތަ ކްރެޑިޓް ކާޑަށް އެދި ހުށަހެޅުން
  • ލުއި ލޯނަށް އެދި ހުށަހެޅުން
  • ޕާސަނަލް އިންފޮމޭޝަން އަޕްޑޭޓްކުރުން

ޒަމާނީ ޓެކްނޮލޮޖީއާ އެކު ބީއެމްއެލުން އަންނަނީ ވަރަށް ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ބޭންކިންގެ ހިދުމަތް ދެމުންނެވެ. މި ހިދުމަތްތަކުގެ ތެރޭގައި އިންޓަނެޓް، މޮބައިލް ބޭންކިން، ޕޭމަންޓްގޭޓްވޭ އަދި ޑިޖިޓަލް ވޮލެޓްގެ ހިމެނެއެވެ. ބީއެމްއެލުން ބުނީ، ބޭންކުގެ މެދުވެރިކޮށް ހިންގޭ މުއާމަލާތުގެ 90 ޕަސަންޓަކީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ހިންގޭ މުއާމަލާތް ކަމަށެވެ.