ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާ އަކަށް 26 ރުފިޔާ ބަހަން އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅަން ޑިރެކްޓަރުގެ ބޯޑުން ނިންމައިފިއެވެ. މިއީ ބީއެލްއެލްގެ ތާރީހުގައި ހިއްސާއަކަށް ދޭ އެންމެ ބޮޑު އަދަދެވެ.

ބީއެމްއެލުން ބުނީ ޑިވިޑެންޑުގެ ގޮތުގައި ބެހުމަށް ހިއްސާދާރުންގެ އާންމު ޖަލްސާއަށް ހުށަހެޅުމަށް ބޯޑުން ފާސްކޮށްފައި ވަނީ، 139.93 މިލިއަން ރުފިޔާ ކަމަށެވެ. އެއީ ހިއްސާއަކަށް 26 ރުފިޔާއެވެ. އެ އަދަދު ބަހާނީ، އަހަރީ އާންމު ޖަލްސާއަށް ހުށަހަޅާ ފާސްކޮށްގެންނެވެ. މިއީ މިދިޔަ އަހަރު އެ ބީއެމްއެލްގެ ޑިވިޑެންޑުގެ ގޮތުގައި ބެހި އަދަދަށް ވުރެ، 8.3 ޕަސެންޓް އިތުރު އަދަދެކެވެ. މިއީ އެ ބޭންކުން ޑިވިޑެންޑުގެ ގޮތުގައި މިހާ ބޮޑު އަދަދެއް ބަހާ ފުރަތަމަ ފަހަރު ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.

މިދިޔަ އަހަރު ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ، 961.74 މިލިއަން ރުފިޔާއެވެ.

ބީއެމްއެލްގެ ބޯޑުން ނިންމާފައިވާ ގޮތުގެ މަތިން މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް 139 މިލިއަން ރުފިޔާ ބަހާނެއެވެ. ބީއެމްއެލުން 2018 ވަނަ އަހަރު ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ބަހާފައިވަނީ 124 މިލިއަން ރުފިޔާއެވެ. އެއީ ހިއްސާ އަކަށް 24 ރުފިޔާއެވެ.