ކޮވިޑް19 އާ ގުޅިގެން ދޭ މާލީ އެހީ ލިބޭނީ މުވައްޒަފުން ވަކި ނުކުރާ ފަރާތްތަކަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައްޔާޒް ވިދާޅުވީ، މި ފައިނޭންޝަލް ޕެކޭޖުގެ އެންމެ މައިގަނޑު ޝަރުތަކީ އެއްވެސް ދިވެއްސެއްގެ ވަޒީފާ ނުގެއްލުން ކަމަށެވެ. އަޅުގަނޑުގެ މި އެހީތެރިކަން ލިބޭނީ ހަމައެކަނި އެކަމަށް އެއްބަސްވާ ވިޔަފާރިތަކަށް ކަމަށާއި، އެގޮތުގެ މަތިން އެ ލޯން ފެސިލިޓީއާއި އަދި އެހެން ކަނތްއަތައްވެސް ލިބިގެންދާނީ ކަމަށް
"މި ފައިނޭޝައަލް ޕެކޭޖްގެ އެންމެ މައިގަނޑު ޝަރުތަކީ އެއްވެސް ދިވެއްސެއްގެ ވަޒީފާ ނުގެއްލުން. މި އެހީތެރިކަން ލިބޭނީ ހަމައެކަނި އެކަމަށް އެއްބަސްވާ ވިޔަފާރިތަކަށް." މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އުންމީދަކީ މި ހާލަތު ބަދަލުވަންދެން އެ ގޮތަށް ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ކަމަށެވެ. ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ލޮޅުން އަރަމުން ދާތީ ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފް ކޮށްފައެވެ. އޭގެތެރޭގައި ހިމެނޭ އެއް ކަމަކީ ވިޔަފާރިތަކަށް ވޯކިން ކެޕިޓަލްތައް ހޯދޭނެ ފެސިލިޓީތަކެއް ބައެއް ބޭންކުތައް މެދުވެރިކޮށް ފޯރުކޮށްދިނުމެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު އަމީރު ވިދާޅުވީ މި ޕެކޭޖުގެ ދަށުން ފައިސާ ދޫކުރާނީ ހަ މަހުގެ ގްރޭސް ޕީރިއަޑަކާއެކު، 6 ޕަސެންޓުގެ އިންޓްރެސްޓު ރޭޓުގައި ކަމަށާއި އަދި އެ ފައިސާ އަނބުރާ ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ދޭނެ ކަމަށެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން ވިޔަފާރިތަކަށް ވަރަށް ބޮޑެތި އަސަރުތައް ކޮށް އެ ވިޔަފާރިތަކުގެ ކޭޝް ފްލޯ ވަރަށް ބޮޑަށް ދަށްވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ސަރުކާރުން ތައާރަފު ކުރުމަށް ނިންމާފައިވާ އެ އެހީގެ ޕެކޭޖުގެ ސަބަބުން ވިޔަފާރިތަކަށް ދިރުން ލިބިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
މިއާއެކުގައި މިނިސްޓަރު އަމީރް ވަނީ މުހިއްމު އިލްތިމާސްއެއް ވެސް ކުރައްވާފައެވެ. އެގޮތުން މިނިސްޓަރު ވަނީ ސަރުކާރުން ދޭ އެހީ ވިޔަފާރިވެރިންނާއި އާންމު ފަރުދުން ވެސް ރަނގަޅު ގޮތުގައި ބޭނުންކޮށް ދިވެހިންގެ ވަޒީފާގެ އަދަދު މަދުނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ވިދާޅުވީ ސަރުކާރުގެ އިގްތިސާދީ އެހީގެ ޕެކޭޖްގައި ބައިވެރިވާ ވިޔަފާރިތަކަށް މުވައްޒަފުން ވަޒީފާއިން ވަކި ނުކުރުމަށް ޝަރުތު ކުރަން ޖެހޭނެ ކަމަށެވެ.