ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ޒުވާނަކު މެރުވެފައި އޮތް މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންނަށް މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ނިޔާވި މީހާގެ މަރާއި ގުޅިގެން ހަ މީހަކު ހައްޔަރުކޮށް މުއްސަތު ޖަހާފައި ވާއިރު، 24 އަހަރުގެ 2 މީހުނާއި 20 އަހަރުގެ މީހާއަށް 12 ދުވަސް ޖަހައިފާ ވާއިރު، 21 އަހަރުގެ މީހާއަށް 10 ދުވަސް ޖަހައި، 18 އަހަރުގެ މީހާއަށް ފަސް ދުވަސް ޖަހައި، 23 އަހަރުގެ މީހާ ޝަރިއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ވިލިނގިލިން މަރުވީ އުމުރުން 24 އަހަރުގެ މުހައްމަދު މުސްތަފާ (މޯޑު) / ހައިޑް ޕާކްއެވެ. ނަމަވެސް އޭނާ މަރުވެފައިވަނީ ކޮން ސަބަބަކާ ހުރެ ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވެފައި ވަނީ އެރަށު "ރެޑްރޯސް ގެސްޓުހައުސް" ގައި ކުރިއަށް ދިޔަ ވަރުގަދަ ޕާޓީއެއްގެ ތެރެއިން ބާރުގަދަ ޑްރަގްސްތަކެއް ބޭނުންކޮށްގެން އޮވާޑޯޒްވެގެން ކަމަށް ބެލެވޭކަމަށް ރަށުން ވާހަކަ ދެއްކި ބައެއް މީހުން ވަނީ ބުނެފައެވެ. ނަމަވެސް މިކަން ރަސްމީ އެއްވެސް ފަރާތަކުން އަދި ޔަގީންކޮށެއް ނުދެއެވެ.