އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލައިގައި މީގެ ކުރިން ގދ. ތިނަދޫއިން ހައްޔަރު ކުރުމަށް ފަހު ދޫކޮށްލި އުމުރުން 37 އަހަރުގެ މުހައްމަދު ރުސްތަމް މުޖުތަބާ އަނެއްކާވެސް ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ މިއަދު ކަމަށާއި އޭނާ ހައްޔަރު ކުރީ މާލެއިން ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މީގެ ކުރިން ހައްޔަރުކޮށްފައި ބެހެއްޓުމަށް ފަހު މިނިވަން ކުރުމުން އަނެއްކާވެސް އިސްލާމް ދީނަށް ފުރައްސާރަ ކޮށް ދިވެހި ދައުލަތަށް ގޮންޖަހާ ޓްވީޓް ކުރަން ފަށަފައިވާ ވަނިކޮށެވެ. އަދި އެކަމާ ގުޅިގެން އާންމުން ޝަކުވާކޮށް ނުރުހުން ފާޅު ކުރަމުން ދަނިކޮށެވެ.

ދެވަނަ ފަހަރަށް އޭނާ ހައްޔަރު ކޮށްފައި ވާއިރު، އޭނާ ދޫކޮށްލާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ. ނަމަވެސް މިކަން އެއްވެސް އިދާރާ އަކުން ރަސްމީކޮށް އިއުލާން ކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރުސްތަމް ދޫކޮށްލީ އޭނާ ހައްޔަރުކުރީ ކުރީގެ ގާނޫނެއްގެ ދަށުން ކަމަށް ވާތީއެވެ. އަދި އޭނާ ހައްޔަރުކުރިތާ ހަމަސް ދުވަހުގެ މުއްދަތު ހަމަވެ ކޯޓަށް ހާޒިރު ކުރުމަށް ގިނަ އަމުރުތަކެއް ނެރުނު ނަމަވެސް އޭނާ ކޯޓަށް ހާޒިރު ކޮށްފައި ނުވާ ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.

އޭނާ އޭރު ބަންދުގައި ހުރީ ކަރެކްޝަނުގެ ބެލުމުގެ ދަށުގައި ނަމަވެސް، ކަރެކްޝަނުން އޭނާ ކޯޓަށް ހާޒިރު ނުކުރި ސަބަބެއް މިހާނަތަށް ބުނެދީފައެއް ނުވެއެވެ. އަދި ނިޒާމުގެ ތެރެއިން އޭނާ ދޫވުމުން އާންމުންގެ ފާޑިކިއުން ހޯމް މިނިސްޓަރަށް އަމާޒުވެގެން ދިޔަ އިރު އޭނާވެސް ހުންނެވީ ހަނެވެ.

ރުސްތަމް އަކީ ސޯޝަލް މީޑިއާގެ ޕްލެޓުފޯމުތަކުގައި ދީނަށް ފުރައްސާރަ ކުރަމުން ގެންދާ މީހެކެވެ.