ކޮވިޑް 19 އާ ގުޅިގެން ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި ތަމްރީނުދޭ މަރުކަޒުތައް ބަންދުކުރުމަށް އެޗްޕީއޭއިން އަންގައިފިއެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ އިރު، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން މިއަދު ނެރުނު ނޫސް ނަޔާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ރާއްޖޭގައި ހިންގާ ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި ތަމްރީނުދޭ މަރުކަޒުތައް ބަންދުކުރަން އަންގާ ކަމަށެވެ.

ކޮވިޑް 19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވާޅެއްގެ ގޮތުން ރާއްޖޭގައި 30 ދުވަހުގެ މުއްދަތަށް ޕަބްލިކް ހެލްތު އެމަޖެންސީ ވަނީ އިއުލާނުކޮށްފައެވެ.

މިހާރުގެ ހާލަތަށް ބަލާއިރު ރާއްޖޭގެ ހުރިހާ ރިސޯޓެއް މޮނީޓާ ކުރުމަށް ވަނީ ބަންދުކޮށް މީހުން އަރާ ފޭބުން މަނާކޮށްފައެވެ.

މިހާތަނަށް ރާއްޖެއިން 10 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 1 ބިދޭސީއެކެވެ.