ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް19 ނުވަތަ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް މިސްކިތުގައި އަޅާފައިވާ ކާޕެޓުތައް ނަގަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ.

"ދަ ޕްރެސް"އަށް މައުލޫމާތު ދެއްވަމުން އެލްޖީއޭގެ ޑިރެކްޓަރު ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ މިސްކިތުގެ ކާޕެޓްތައް ނަގަން އަންގާފައި ވަނީ ކޮރޯނާ ވައިރަހާ ގުޅޭގޮތުން ރާއްޖެ އިން އެކުލަވައިލާފައިވާ އެޑްވައިޒަރީ ގްރޫޕުން އެކަން ކުރުމަށް ނިންމުމާ ގުޅިގެން ކަމަށާއި އެކަން ކުރުމަށް ކައުންސިލްތަކަށް އަންގާފައި ވާނެ ކަމަށެވެ. ކައުންސިލްތަކަށް އަންގާފައި ވާނީ ކާޕެޓްތަށް ނުނެގި ނަމަވެސް ފަސޭހައިން ސާފުކުރެވޭނެ ފަދަ އެއްޗެއް ބޭނުން ކުރުމަށް ކަމަށެވެ.

ކާޕެޓް ނެގުން ނުވަތަ ތަރަފާލު ކަހަލަ އެއްޗިހި މަތިން އަޅާ ރަނގަޅަށް ބަންދުކޮށް މޮޕްލާ ސާފުކުރެވޭނެ ގޮތް ހަދާ ގިނަގިނައިން ސާފުކޮށް ޑިސްއިންފެކްޓް ކުރުމަށް ވާނީ ދެއްނެވިފަ
އާދަމް ޝަރީފް

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވާއިރު، މާދަމާގެ ހުކުރު ވީހާވެސް ކުރުކޮށް ކުރަން އިސްލާމިކު މިނިސްޓްރީން ވަނީ އަންގާފައެވެ. ރާއްޖޭންވެސް ކޮރޯނާވައިރަސް ފެނުމާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާދަމާގެ ހުރުކު ވީހާވެސް ކުރުކޮށް އަދި ކުރު ސޫރަތް ކިޔެވުމާއި އަދި ހުތުބާވެސް ކުރުކުރަން މިނިސްޓްރީން ވަނީ އަންގާފައެވެ.

ރާއްޖެއިންވެސް ކޮރޯނާވައިރަސް ފެނި ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ދަނީ މަތިވަމުންނެވެ. މިހާރު ރާއްޖޭގައި 8 މީހަކަށް ކޮރޯނާވައިރަސް ޖެހިފައި ވާއިރު ފަރުކޮޅުފުށީގައި 15 މީހުން ވިލިވަރުގައި 13 މީހުން އެބަ ތިއްބެވެ.