މާފަންނު ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، މާފަންނު ގެއެއްގައި މީހަކު މަރުވެފައި އޮތްކަމުގެ ރިޕޯޓް މިއަދު 8:00 ހާއިރު ފުލުހުންނަށް ލިބިފަިއވާ ކަމަށެވެ. ފުލުހުން ބުނީ ނިޔާވެފައި ވަނީ އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ފުލުހުން ބުނީ އޭނާ ނިޔާވެފައި އޮއްވާ ފެނިފައިވަނީ އޭނާ ވަޒީފާ އަދާކުރަމުންދާ އޮފީހުގެ ސެކިއުރިޓީ ގާޑަކަށް އިންދާ ކަމަށް ފުލުހުން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މާފަންނު ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިފައިވާއިރު، މިދިޔަ މަހު 17 ވަނަ ދުވަހު ދ. މީދޫގައި އުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮއްވާ ވެސް ވަނީ ފެނިފައެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީ، ދ. މީދޫގައި 83 އަހަރުގެ ދިވެހި ފިރިހެނަކު މެންދުރު ނަމާދަށް ގޮސް އެނބުރި ނައިސްގެން އާއިލާގެ ފަރާތުން ހޯދަމުން ދަނިކޮށް ފެނިފައި ވަނީ މޫދުގައި އޮއްވާ ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ އެދުވަހު 1:30 ހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ.