މާލޭ މީހުން ބޭނުންވަނީ ބޯހިޔާވަހިކަން ކަމަށް ބުނެ ނުރުހުން ފާޅުކުރުމަށް މަގުމަތީގައި ޕިކްޕި ބުރެއް ޖަހައިފިއެވެ.
މިއަދު ހަވީރު ޕިކަޕު ބުރު ޖަހާފައި ވަނީ މާލެ ރައްޔިތުންގެ ގެއްލިފައިވާ ހައްގުތަކާ ގުޅޭގޮތުން ރޭ މާލެ ސިޓީ ކައުންސިލުން ބޭއްވި ޖަލްސާގައި ބައެއް އާންމުން މީހުންގެ ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ޕިކަފުގައި ތިބި މީހުން ތިބީ ތަފާތު ޝުއޫރުތަށް ފާޅުކޮށްފައިވާ ބޯޑުތަކެއް ހިފައިގެންނެވެ. އޭގައި ބޯހިޔާވަހިކަމަކީ މާލޭ މީހުންގެވެސް ހައްގެއް ކަމަށާއި ޝަރުތަކާ ނުލައި ގެދޮރު ދޭން ޖެހޭ ކަމަށާއި މާލޭ މީހުންގެވެސް ހައްގުތަށް ހުންނާނެ ކަމަށް، އެ ބޯޑުތަކުގައި ލިޔެފައިވެއެވެ.
މިފަދަ ހަރަކާރެއް މިއަދު ކުރިއަށް ގޮސްފައި ވާއިރު، ރޭ މާލޭ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގެ ބައިވެރިން ބުނެފައި ވަނީ ވަރަށް ކެއްކުރެވިއްޖެ ކަމަށާއި ދެން ވޯޓުވެސް ނުދޭނެ ކަމަށެވެ. ޖަލްސާ ތެރެއިން އާންމުންގެ "ރުޅި" ގަދަވެ ގޮނޑިތަކުން ތެދުވެގެން އުޅޭ މަންޒަރު ސޯޝަލްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެނެއެވެ. ވޯޓު ހޯދަން ނައުމަށާއި އައި ނަމަވެސް ވޯޓު ނުދޭނެ ކަމަށް ބައްދަލުވުމުގެ ބައިވެރިން ބުނެއެވެ.
ރޭގެ ޖަލްސާއާ ގުޅިގެން "ދަ ޕްރެސް"އަށް މައުލޫމާތު ދެއްވަމުން މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ފަޒީން ވިދާޅުވީ ރައްޔިތުން ހިތްހަމަ ނުޖެހުނީ ބައްދަލުވުމަކީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދޭން ބޭއްވި ބައްދަލުވުމަކަށް ވީ ނަމަވެސް ރައްޔިތުންނަށް އެ ފުރުސަތު ނުލިބުމުން ކަމަށެވެ. ބައްދަލުވުމަށް ދިޔަ ގިނަ މީހުންގެ ޝަކުވާއަކަށް ވީ އެމީހުންނަށް ބޯހިޔާވަހިކަމަށް ދޭ ބިން ލިބޭނެ އުސޫލާއި ސިޔާސަތަކީ ކޮބައިކަން ނޭނގުމުން ކަމަށެވެ. "މާލޭ ރައްވެހިންގެ ޖަމިއްޔާ" އިންވެސް އެ ބައްދަލުވުމުގައި ބައިވެރިވި މައިގަނޑު ސަބަބަކީވެސް އެއީ ކަމަށް ފަޒީން ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ބޭއްވި ޖަލްސާ މެދުކަނޑާލާފައި ވަނީ މާލޭގައި ބޯހިޔާވަހި ކަމަށް ވުރެ މާލޭގެ ރައްޔިތުންނަށް ޕާކުތަށް އެޅުމަށް އިސްކަން ދިނުމުގެ ސަބަބުން އެކަމާ ހިތްހަމަ ނެޖެހިގެންނެވެ. އެ ޖަލްސާގައި ބައިވެރިވި ބައެއް މަލޭ ރައްޔިތުން ވަނީ ސޯޝަލް މީޑިއާގައި އެމީހުންގެ އިހުސާސްތަށް ނުރުހުންތެރި ކަމާ އެކު ފާޅުކޮށްފައެވެ. އެގޮތުން ބައެއް މީހުން ބުނެފައިވާ ގޮތުގައި އެމީހުންނަކީ މާލެއަށް އުފަން މާލެ މީހުން ކަމަަށްވީ ނަމަވެސް އެ މީހުންނަކީ މާލޭގައި ބޯހިޔާވަހިކަމެއް ނެތް އިރު ރާއްޖެތެރޭގެ ރަށެއްގައިވެސް އަމިއްލަ ގެދޮރު ނުހުންނަ މީހުންނެވެ.
ބަލަގަ ޖަޒީރާ ވަންތަ ގޮތައް ފަންޖިފްޓީގަ އުޅެން އާދަ ކޮއްބަލަ! ކޮންކްރީޓްއާނުލާ! މީ ޖަޒީރާރާއްޖެއޭ ބުނާ އަޑެއްނާހަމުތަ؟
ޜުޅިމަޑު އަހަރެންގެ މަންމަޔަ ކީ މާލޭ މީހެއް ކާފަގެ ހަމައެ ކަނި ދަރިޔަ ކީ އެމަންމަ މަންމަޔައް ގޯތިލިބުމައްޝަރުތު ހަމަނުވީ 509 އަ ކަފޫޓު ތަން ކޮޅެއްގެ ސަބަބުން ނަމަވެސް ކާފަ އިތުރުމީހަ ކކާކައިވެނި ކޮއް އެމީހާޔައް އެތަނުގެ ދެބައި ކޮއްފަ އެއްބައި ރަޖިސްޓްރީ ކުރި މަންމަގެ 13 ދަރިން މިތިބީ މަގުމަތިވެފަ ރައްވެހި ކަން ގެއްލި މާލޭގެ ރެފިޔުޖީންނައްވެފަ މީހަމަ ހަގީގަތް
ތިތާނެއް މާލެ ރަޖިސްޓުރީގައިން އެކަކުވެސް މުޅިންތިބީ މޮނީޓަރު ފޮތެއްގަ ރަޖިސްޓަރީ ވެގެން ތިބި ރެފިއުޖީން މާލެވެގަނެގެން ތިބިމީހުން މާލެ މީހުން ތިބީ ރާއްޖެއިން ބޭރުގަ ރާޖެތެރެ މީހާއަށް ލިބޭހާ ލާރިއެއް ކާލަކާލައި ހުޅުމާލެވެސް ދޭންވީ އެމީހުނަށޯ ރާޖެތެރެ މީހާއަށް ކުއްޔައް ދޭން އެތަން ހަދާފަ އެއޮތީ އެމީހުންގެ ލާރިންނޯ
ޜަށްތަށް ހިއްކަނީ ރަށްރަށު މީހުންގެ ލާރީގަބާ؟
މާލެ މީހުނ ފެނުނީމަ އެނގޭނެތަ؟
އަސްލު ތި ވިދާޅުވީ އެއްމެ ރަގަޅު ގުޅޭ ބަސްތަކަކީ