މާލެ ރައްޔިތުންގެ ގެއްލިފައިވާ ހައްގުތަކާ ގުޅޭގޮތުން ރޭ މާލެ ސިޓީ ކައުންސިލުން ބޭއްވި ޖަލްސާގައި އާންމުންގެ މީހުންގެ ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަނީ، އެ ބައްދަލުވުމުގެ ބައިވެރިން ރުޅިވެރިކަމާއެކު، ވަރަށް ކެއްކުރެވިއްޖެ ކަމަށާއި ދެން ވޯޓު ނުދޭނެ ކަމަށް ބުނެ އަޑުއުފުލާ މަންޒަރެވެ. ޖަލްސާތެރެއިން އާންމުންގެ "ރުޅި" ގަދަވެ ގޮނޑިތަކުން ތެދުވެގެން އުޅޭ މަންޒަރު ފެނެއެވެ. ވޯޓު ހޯދަން ނައުމަށާއި އައި ނަމަވެސް ވޯޓު ނުދޭނެ ކަމަށް ބައްދަލުވުމުގެ ބައިވެރިން ދިޔައީ ބުނަމުންނެވެ.
ރޭގެ ޖަލްސާއާއި ގުޅިގެން "ދަ ޕްރެސް"އަށް މައުލޫމާތު ދެއްވަމުން މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ފަޒީން ވިދާޅުވީ ރައްޔިތުން ހިތްހަމަ ނުޖެހުނީ ބައްދަލުވުމަކީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދޭން ބޭއްވި ބައްދަލުވުމަކަށް ވީ ނަމަވެސް ރައްޔިތުންނަށް އެ ފުރުސަތު ނުލިބުމުން ކަމަށެވެ. އައި ގިނަ މީހުންގެ ޝަކުވާއަކަށް ވީ އެމީހުންނަށް ބޯހިޔާވަހިކަމަށް ދޭ ބިން ލިބޭނެ އުސޫލާއި ސިޔާސަތަކީ ކޮބައިކަން ނޭނގުމުން ކަމަށެވެ. "މާލޭ ރައްވެހިންގެ ޖަމިއްޔާ" އިންވެސް އެ ބައްދަލުވުމުގައި ބައިވެރިވި މައިގަނޑު ސަބަބަކީވެސް އެއީ ކަމަށް ފަޒީން ވިދާލުވިއެވެ.
މީގެ އިތުރުން ފަޒީން ވިދާޅުވީ މާލޭގައި ހަދާ ޕާކުތަކުގެ މައްސަލައިގައި ސުވާލު ކުރީ އެންމެ މީހެއް ކަމަށާއި ދެން ބާކީ ތިބި އެންމެންގެވެސް ސުވާލުތަށް ހުރީ ބޯހިޔާވަހިކަމާއި ސިޔާސަތާއި އެ ދޭނެ ގޮތާއި ހުރި މައްސަލަ ތަކާއި ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ސުވާލަކަށް ރޭގެ ބައްދަލުވުމުގައި ކައުސިލުން ޖަވާބު ނުދޭ ކަމަށާއި މައްސަލަ ޖެހެން ފެށީ އެގޮތަށް ކުރިއަށް ދާން ފެށުމުން ކަމަށެވެ.
ފަޒީން ވިދާޅުވީ ބައްދަލުވުމެއް އޮންނަ ކަމަށް ރަސްމީ އެއްވެސް ސިފައެއްގައި ނާންގާ ކަމަށާއި ނަމަވެސް ކައުންސިލްގެ އާންމު ރައްޔިތުންގެ ބައްދަލުވުމަކީ ގާނޫނުގައި އޮންނަ ބައްދަލުވުމެއް ކަމަށެވެ. އަދި މިދިޔަ އަހަރުގެ ބައްދަލުވުމުގައި ސުވާލު ކުރުމަށް ފުރުސަތު ލިބުނު ކަމަށާއި ނަމަވެސް މިއަހަރުގެ ބައްދަލުވުމުގައި އެ ފުރުސަތު އެއްވެސް ކައުންސިލަރަކަށް ދީފައި ނުވާ ކަމަށެވެ. ކައުންސިލަރުންނަށް ވާހަކަ ދެއްކުމަށް ފުރުސަތު ނުލިބޭނެ ކަމަށް މޭޔަރު ޝިފާ މުހައްމަދު ވިދާޅުވި ކަމަށާއި، ސުވާލު ކުރަން ބޭނުން ވި ނަމަވެސް އެ ފުރުސަތު އެއްވެސް ކައުންސިލަރަކަށް ދީފައި ނުވާ ކަމަށެވެ. ރޭގެ ބައްދަލުވުން ކުރިއަށް ގެންދިޔައީ އެއްވެސް ވަރަކަށް އާންމުންގެ ޝަކުވާތަށް އަޑުއަހާ ގޮތަށް ނޫން ކަމަށާއި ނިންމާލި ގަޑީގައި އާންމުންގެ ތެރެއިން ގިނަ ބަޔަކު އެކަމާ ހިތްހަމަ ނުޖެހި ތެދުވީ އެ ސަބަބާ ހުރެ ކަމަށް އޭނާ ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ބޭއްވި ޖަލްސާ މެދުކަނޑާލާފައި ވަނީ މާލޭގައި ބޯހިޔާވަހި ކަމަށް ވުރެ މާލޭގެ ރައްޔިތުންނަށް ޕާކުތަށް އެޅުމަށް އިސްކަން ދިނުމުގެ ސަބަބުން އެކަމާ ހިތްހަމަ ނެޖެހިގެންނެވެ. އެ ޖަލްސާގައި ބައިވެރިވި ބައެއް މާލޭ ރައްޔިތުން ވަނީ ސޯޝަލް މީޑިއާގައި އެމީހުންގެ އިހުސާސްތަށް ނުރުހުންތެރިކަމާއެކު ފާޅުކޮށްފައެވެ. އެގޮތުން ބައެއް މީހުން ބުނެފައިވާ ގޮތުގައި އެމީހުންނަކީ މާލެއަށް އުފަން މާލެ މީހުން ކަމަަށްވީ ނަމަވެސް އެ މީހުންނަކީ މާލޭގައި ބޯހިޔާވަހިކަމެއް ނެތް އިރު ރާއްޖެތެރޭގެ ރަށެއްގައިވެސް އަމިއްލަ ގެދޮރު ނުހުންނަ މީހުންނެވެ.
އަހުރެން ފެން ނުވެރެނީ މާލޭ މީހަކަށްވެ ހާލުގައި ޖެހިފައިވާތީ. ތިބޭއްޅުން ވޯޓުދެއްވާ!
މި ވީޑިއޯއިން މިފެންނަނީ ގެރިކޮށްޓެއްތަ؟ ހާދަ ތަރައްގީ ނުވާ އާއްގަނޑެކޭ މި ފެންނަނީ.
ކަޔޯ.. ކަލޭމެން މާލެ މީހުން ޗަކޮން ހަޑިޔެއް ހާވަނީ؟ ކަޔޭމެން އަހުރެމެން ރުފިއާ ދިނީމަ ކައިގެން ދަރި ލަންކާއަށް ކިޔަވަން ފޮނުވައިގެން ތިބޭ ރުނޑިންތަކެއް ތިޔާ. އަތުންފައިން މަަސައްކަތެއްް ކުރަން އެނގޭ އާލާތުންނެއް ނޫން ތިޔާ. މޮނާޒާ ނައީމުގެ ދަރިން ގޮތަށް ދޭގަ ސުލާސިރާޒު ބޮއެގެން
ނަޝީދުއަށް އެތަކެއް ކަމެއް ކޮށްދެން. ބިޑި އޮޅާދެން. ދެން ނުދޭނަން އެންމެ ބިޑިއެއްވެސް އޮޅައެއް. އަމިއްލައައް ބިޑިއެއްވެސް އޮޅާލެވޭ ޅާއެއްނޫނޭ.
ނަޝީދު ހޮވާނެ އަހަރެމެން ބޮލަށް ސީލާ ރާއްޖެތެރޭ މީހުން. ހިތާ ހިތުގެ ގުޅުމޭ ކިޔައިގެން. އަހަރެމެން ދެނެއް ތިޔަ މަޅީގައި ނުޖެހޭނަން. ނަޝީދު އައް ވަރަށް ގަދަރުކޮށް އަނބިމީހާ އަށް ވުރެ ބޮޑަށް ދީނައްވުރެ ބޮޑައް ލޯބިވީން. ދެން ނުވާނަން މިފަހަރު ވޯޓުން ކުޅިދައްކާލަނަން.
އެކަކު ވޯޓު ނުދިނަސް ރާއްޖެތެރޭ ރައްޔިތުން އަންނި ހޮވާނެ. މާލޭ މީހުން ދޭބަލަ މަހަށް
މަސްބާނަން އެނގޭ އާއްގަޑަކަށް ދޯ މަސްބޭނޭނީވެސް. އަތުންފައިން އެއްވެސް މަސައްކަތެއް ކުރަން އެނގޭ އެކަކުވެސް ނުހުންނާނެ! ގެ ކުއްްޔައްް ދީގެން އެ އުޅެނީ. ދެން ރުފިއާކޮޅު މެލޭގަައި ތަޅާލީމާ ވާނީ މަގުމައްޗެއްނު!
ބަލާއެއްނު ދެން މީ މިއާތުއްނަ އެކަނިތަ ކަނަންތައް ކުރަން ޖެހެނީ އަަހަރުންނައް ވަރިހަމަ މާލެ އެކަކުވެސް ވޯޓު ދޭން ނުނުކުތަސް .. އަހުރުމެން ރާއްޖެތެރޭ މީހުން ވެސް ނުދޭނަން ވޯޓެއް މާލެ ބަޅުންތައް އެކަންނޫން ގަދަ ވަނީއެނުން.
މާލޭމީހުންވެސް ރާއްޖެތެރޭމީހުންވެސް ދޭ ވޯޓުގެ ސަބަބުން މިގައުމު ހަލާކުވެގެން މިދަނީ...ކެނެރީގޭ ނަޝީދު ފަހަތުން ދުވެގެން މިގައުމަށް އެއްވެސް ލާބައެއް މަންފާއެއް ނުކުރާނެ. ޕީޕީއެމް ވެސް ހަމަ އެފަދަ. ކަލޭމެން އެންމެން ގުނބޯހައްދާފަ އަމިއްލަމަސައްކަތުން ހޯދާފައިސާކޮޅު ޓެކްސް އޭކިޔާފަ ދައުލަތުން ދަމައިގަންނަނީ...އެވެސް ބޭނުންކުރަނީ ނާޗަރަންގީއަށް. ވެއްޖެނު މާލޭ ރާއްޖެތެރޭ ނުކިޔާ އައްމިލަ ސިނކުނޑިން ވިސްނާލަން ކަންހިނގާ ގޮތާމެދު.