ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާަށް ފުރާވަޑައިގެންފިއެވެ.

ނަޝީދު އިންޑިއާއަށް ވަޑައިގެންފައި މިވަނީ މިއަދުގެ ވަގުތެއްގައެވެ. ނަމަވެސް އެމަނިކުފާނު އިންޑިއާއަށް ވަޑައިގަތީ ކޮން ކަމަކާ ގުޅިގެން ކަމެއް މަޖިލީހުގެ އިދާރާއަކުން ހާމައެއް ނުކުރެއެވެ.

ދާދިފަހުންވެސް ރަސްމީ ދަތުރުފުޅެއްގައި ނަޝީދު ވަނީ އިންޑިއާއަށް ވަޑައިގެންފައެވެ. އެއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ ދަތުރުގައި، ބަރުލަމާނީ ގުޅުން ބަދަހި ކުރުމާބެހޭ އެއްބަސްވުމެއްގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް "ލޮކްސަބާ" އާއެކު ރާއްޖޭގެ ގާނޫނު ހަދާ މަޖިލީސް ސޮއި ކުރިއެވެ.

އެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މަޖިލީހުގެ އިތުރު މެންބަރުންތަކެއް ވެސް ބައިވެރިވެވަޑައިގަތެވެ. އެ ދަތުރުގައި ނަޝީދު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާވެސް ބައްދަލުކުރައްވާފައެވެ.