މިއަދު ހަވީރު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ޖަލްސާ ކައުންސިލަރުންނާއި މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދާ ދެމެދު މައްސަލަ ބޮޑުވެ ކުރިޔަށް ނުގެންދެވި ޖަލްސާ ހުއްޓާލައިފިއެވެ.

އެ ޖަލްސާ ފެށުމާއެކު އަރާރުންތައް ފެށުނީ ވާހަކަ ދައްކަވަން ފުރުސަތު ނުދެއްވަނީސް މެންބަރު މުހައްމަދު ފަޒީން ވާހަކަ ދައްކަވާތީ މޭޔަރު ޝިފާ އެކަމަށް ހުރަސް އަޅުއްވަން ފެއްޓެވި ހިސާބުންނެވެ.

މިއަދު ކުރިޔަށް ނުގެންދެވި ހުއްޓާލި ޖަލްސާގެ އެޖެންޑާގައި:

  1. ފެއާ އާއި ނައިޓް މާކެޓް މާލޭގައި ބާއްވާނެ ގޮތުގެ އުސޫލަށް ގެންނަ އިސްލާހު ކައުންސިލަރުންނާ ހިއްސާކުރުން
  2. މަސްވެރިންގެ ޕާކްގައި ހަދާފައިވާ ފަތުރުވެރިންނަށް ހިދުމަތްދޭ ސެންޓަރު ނުވަތަ "ފަތުރުވެހި" ހިންގައިދޭން ކްރޮސް ރޯޑްސް މޯލްޑިވްސް އާއި ޖަލްބޫޓް މޯލްޑިވްސް އިން ފޮނުވި ސިޓީ ހިއްސާކުރުން
  3. ވެލާނާގޭގައި ހުރި މެކޭނިކަލް ޕާކިން އާ ގުޅޭ މައްސަލަ
  4. ކައުންސިލްގެ ބިންތަކުގެ މައްސަލަ
  5. މާލެ ސިޓީގެ މަގުތަކުގެ ހުންނަ ހުސް ޖާގަތައް ޕާކިން އަށް ދޫކުރުން
  6. ހުސް ޖާގަތަށް އެތަންތަނުގެ އަގުތައް ކަނޑައެޅުމަށްފަހު ވޯޓަށް އެހުން

މި 6 ކަންތަށް އެޖެންޑާ ކޮށްފައިވާރު މިއަދުގެ ޖަލްސާގައި ހުޅުމާލޭގައި އިމާރާތް ކުރާ ކައުންސިލްގެ އާ އިމާރާތުގެ މަސައްކަތް އިއުލާން ކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ. އަދި އެ މަސައްކަތް ކުރުމަށް ވީހާ ވެސް އަވަހަކަށް އިއުލާން ކުރަންވެސް ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން ލޯކަލް މާރުކޭޓް ގޮޅިތަކާ ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާ ކުރިއެވެ. އެގޮތުން މިހާރު ދޫނުކޮށް ހުރި 14 ގޮޅި ދޫކުރުމުގައި އިސކަން ދޭނީ މަގުމަތީގައި ޕެލެޓް ބާއްވައިގެން މުދާ ވިއްކަމުންދާ ފަރާތްތަކަށްތޯ ނުވަތަ ބިދޭސީންނާއި ނުލައި ރަނގަޅުގޮތުގައި ގޮޅިތަށް ހިންގަމުން އަންނަ 50 ދިވެއްސަކަށްތޯ ނިންމަންވެސް ވަނީ މަޝްވަރާކޮށްފައެވެ. ނަމަވެސް އެކަމަށް ގޮތެއް ނުނިމެނީސް ޖަލްސާގެ ތެރޭގައި މައްސަލަ ބޮޑުވެ ޖަލްސާ ވަނީ ނިންމާލާފައެވެ.