ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ ގޮތުގައި ސިފަކުރަމުން އަންނަ އެމެރިކާގެ ރައީސް ކަމުގެ މަގާމާ ޑޮނާލްޑް ޓްރަމްޕް ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަތަމަ ދަތުރުފުޅުގައި، ޕާކިސްތާނަށް އަމާޒުކުރައްވާ، ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވައިފިއެވެ.
އަހުމަދުއާބާދުގެ މޮތީރާ ސްޓޭޑިއަމްގައި ކުރިއަށްދިޔަ ހާއްސަ އިވެންޓްގައި ތަގުރީރު ކުރައްވަމުން ޓްރަމްޕް އޭޝިއާ ސަރަހައްދުގައި މޫލާ ފެތުރިގެންދާ ޓެރަރިޒަމްގެ ނުރައްކަލާ، އެކަމުގެ ސަބަބުން އިންޑިއާއާއި އެމެރިކާއިން އުފުލަމުންދާ ވޭންތަކާ ތަކުލީފުތަކަކަށް އިޝާރާތްކުރައްވާފައެވެ. މިއާއެކު ޓްރަމްޕް ވަނީ، އިންޑިއާގެ ހަތުރުވެރި އަދުއްވެއްގެ ގޮތުގައި އޮތް އަވަށްޓެރިއަކަށް ޕާކިސްތާނު ވީ ސަބަބު އިންޑިއާއަށް ހަނދާންކޮށްދެއްވާފައެވެ.
ސަތޭކަ ހާހެއްހާ މީހުންގެ ބޮޑު އޯޑިއަންސްއަކާ މުހާތަބުކުރައްވާ ތަގުރީރު ކުރިއަށް ގެންދަވަމުން ޓްރަމްޕް ވިދާޅުވީ، ހައްދުފަހަނައަޅާފައިވާ ހަރުކަށިފިކުރުގެ ގުރޫޕުތަކާ ދެކޮޅަށް އޮޕަރޭޝަންތައް ހިންގުމަށް އެމެރިކާއިން ޕާކިސްތާނަށް އެއްބާރުލުން ފޯރުކޮށްދެމުންދާކަމަށެވެ. އިންޑިއާއާއި އިންވެގެން އޮތް ފަސްގަނޑުގައި އެ މީހުންގެ ފިކުރުތައް ނަގަހައްޓާ، އެ ކަންކަން ޕްރޮމޯޓުކުރަމުންދަނީ ޕާކިސްތާނުން ހިމާޔަތް ލިބިގެން ކަމަށްވެސް ޓްރަމްޕް ވަނީ އިޝާރާތް ކުރައްވާފައެވެ.
މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ޓެރަރިޒަމްއާއި ދެކޮޅަށް ޕާކިސްތާނާ އެކު ކުރެވެމުންދަނީ އެދެވޭ މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން އެމެރިކާއާއި ޕާކިސްތާނާ ދެމެދު އޮންނަނީ ގާތް ގުޅުމެއް ކަމަށާ، މިކަމުގެ ސަބަބުން ޕާކިސްތާނުން މިހާރުވެސް އެދެވޭ ކުރިއެރުންތަކެއް ފެންނަމުންދާކަން ޓްރަމްޕް ވަނީ ފާހަގަކުރައްވާފައެވެ. އަދި އިންޑިއާއާއި ޕާކިސްތާނުގެ ގުޅުމުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ލުޔެއް ލިބި، ދެކުނު އޭޝިއާގެ ގައުމުތައް ސުލްހަވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އިންޑިއާއާއި ޕާކިސްތާނާ ދެމެދު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްދިނުމަށް އެމެރިކާއިންވަނީ ޝައުގުވެރިކަން ފާޅުކޮށް އެކަން ހުށަވެސްހަޅާފައެވެ. ނަމަވެސް އިންޑިއާއިންވަނީ އެމެރިކާގެ އެހީއަށް އިންކާރުކޮށްފައެވެ. އިންޑިއާއިން ބުނާ ގޮތުގައި ޕާކިސްތާނާ އިންޑިއާއާއި ދެމެދު ޖެހިފައިވަނީ ދޭދޭ މައްސަލައެކެވެ. އަދި އެކަމަކީ 2 ގައުމުގެ މެދުގައި ހައްލުކުރަންޖެހޭ މައްސަލައެއް ކަމަށާ، 3 ވަނަ ފަރާތަކުން އެކަމުގެ ތެރެއަސް ވަންނަން ނުޖެހޭ ކަމަށްވެސް އިންޑިއާއިން ދަނީ ބުނަމުންނެވެ.
ޕާކިސްތާނުން ޓެރަރިޒަމްއަށް ތާއީދުކުރުން ހުއްޓާލަށް ޖެހޭ