ސިޔާސީ މައިދާނުގައި ރައްްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ "ހުދު ފޮތިކޮޅެއް" ކަމަށް އަދާލަތު ޕާޓީގެ ކުރީގެ ރައީސް އަދި ރައީސް ނަޝީދު ސަރުކާރުގެ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިހު ހުސެއިން ރަޝީދު އަހްމަދު ވިދާޅުވެއްޖެއެވެ.
ހުސެއިން ރަޝީދު މިފަދައިން ވިދާޅުވީ، މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އޭނާ ވިދާޅުވީ، ރައީސް ނަޝީދަކީ ސާފު ހުދު ފޮތިކޮޅެއް ފަދައިން ސިޔާސީ މަޝްރަހުގައި ދެމި ހުންނެވި ބޭފުޅެއްކަން، އެމަނިކުފާނުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރާ ފަރާތްތަކަށް އެނގެން ޖެހޭ ކަމަށެވެ. އަދި ވާހަކަ ދައްކަން ވާނީ ހަގީގަތް އެނގި ތިބެ ކަމަށް ވެސް ހުސެއިން ރަޝީދު ވިދާޅުވިއެވެ.
ހުސެއިން ރަޝީދު މިހެން ވިދާޅުވެފައި ވާއިރު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ހަރަދުކޮށްގެން ތަރައްގީކޮށްފައިވާ އާ ސީޕްލޭން ޓާމިނަލާ ގުޅިގެން ނަޝީދުގެ މައްސަލައެއް ވަނީ އޭސީސީއަށް ހުށަހަޅާފައި ވާކަން 'ދަ ޕްރެސް' އަށް ވަނީ އެނގިފައެވެ. އޭސީސީއަށް ހުށަހަޅާފައި ވަނީ، ރައީސް ނަޝީދު މަޖިލިސް މެދުވެރިކޮށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ދިނުމަށް މަސައްކަތް ކުރައްވާ މައްސަލައެެވެ. މި މައްސަލަ އޭސީސީއަށް ހުށަހަޅާފައި ވަނީ އާންމު ފަރާތަކުންނެވެ.
އާންމު ފަރާތަކުން އޭސީސީއަށް ހުށަހަޅާފައިވާ ސިޓީގައި ބުނެފައިވާ ގޮތުން ރައީސް ނަޝީދު، ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ދޭން މަސައްކަތް ކުރައްވަނީ ޓީއެމްއޭގެ ވަކީލާ އަދި ނަޝީދުގެ ކުރީގެ ބައިނަލްއަގްވާމީ ވަކީލާ ޖެރާޑް ގެންސާއާ ދެމެދު ކުރެވުނު މުއާމަލާތްތަކަށް ފަހު ކަމަށެވެ. އަދި މި މުއާމަލާތްތަކަށް ފަހު، ޓީއެމްއޭގެ ބޯޑު މެންބަރުންނާއެކު މަޖިލީހުގެ އާ އިމާރާތުގައި ސިއްރު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ވެސް މައްސަލަ ހުށަހެޅި ފަރާތުން ވަނީ ތުހުމަތުކޮށްފައެވެ.
ތީ އަމިއްލަ އެދުމުން ފޯވެފަ ހުރި ސޭ ކެތް ދުނިޔެ އެދުމައިގެން ހަލާ ކުވެ ލޮލާ ކަންފަތް ބީރުވެފަ
ހަމައެކަނި ހުދު ފޮތިކޮޅެއްނޫ އެއީ 4000 ހަތަރުހާހުގެ ހުދުފޮތި ، މިހާރު ރާއްޖެއަށް ނުވެސްގެންނާނެ 4ހާހު ހުދުފޮއްޗެއް . އެހުންނާނެ އިގިރޭސިވިލާ ޑިސްކޯ ބާރ ތަކުގަ ކަރުދިގު ފުޅީގަ ބަންދުކޮށްފަ . ހ.ރަސީދަށް ވ. ސަލާމް
ކަލޭ އަވަހަށް ތައުބާވޭ! ތިއީ ސޭކ ކެއް....ޝޭހެއް ނޫން!
ޑޮ ކްޓަ. ހުސެން.ރަސީދު. ވިދާޅުވަނީ. ގ. ކެނެރީގޭ މުހައްމަދު ނަސީދަ ކީ ސިއާސީ ގޮތުން ހުދު ކަފަ ކޮޅެއް ކަމަށް އެހެން ތާ އޭނަބުނާނީ ހުސެން ރށީދަ ކީވެސް މިގައު މަށް ޤައިރުދީން ގެންނަން މަސައް ކަތް ކުރާ މީހެއް އެހެން ވީމާ އެ ކަހަލަ މީހުނަށް ސަޕޯޓް ކުރަނީ ހުސެން ރަސީދަ ކީ ހަމައޭގެ މީހަ ކައް ވާތީ އެބައި ގަޑައް ސަޕޯޓް ކުރަނީ
މީހުންގެ ގޮތްއެނގޭނީ އެމީހަކާއިއެކު އުޅެލީމަ ކައިރީގައުޅެމެ އައްނިގެގޮތްނޭގުނީ ހުސެންރަޝީދުގެ ލޮލާއި ބޮލަށް ބަލިމަޑުކަމެއް ޖެހިފައިވާތީކަމަށް ބެލެވެނީ ތާއީދުކުރިއަސް ދުނިޔެއަށްޓަކާ އާޚިރަތްވިއްވަވާނުލައްވާ ވިސްނުންތެރިން ތިޔަފަދަ ވިޔަފާރިއެއް ނުކުރާނެ .