ބިދޭސީއަކު ގެއަކަށްވަދެ އަންހެނަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ބަލަންފަށައިފިއެވެ.

ފުލުހުން ބުނީ ނޯތް ޕޮލިސް ޑިވިޝަން (ނ، ރ، ބ، ޅ) ހިމެނޭ ރަށެއްގައި ބިދޭސީ ފިރިހެނަކު އެރަށު 53 އަހަރުގެ އަންހެނަކު ދިރިއުޅޭ ގެއަށްވަދެ ޖިންސީ ފުރައްސާރަކޮށްފައިވާ މައްސަލައެއް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ މައްސަލައިގައި ހައްޔަރުކޯށްފައި ވަނީ 28 އަހަރުގެ ފިރެހެނެއް ކަމަށާއި އެ މައްސަލަ އެ މައްސަލަ ފުލުހުން ތަހިގީގު ކުރަމުން ދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބިދޭސީމިހާ އެ ގެއަށް ވަދެފައި ވަނީ ބަރަހަނާ ހާލުގައި ހުރެއެވެ.

އެ ބިދޭސީ މީހާއަކީ ޕްލޭނިން މިނިސްޓްރީއިން އެ ރަށުގައި ކުރާ މަސައްކަތަކަށް ގެންގޮސް ހުރި މީހެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ. އޭނާ އެ ރަށުގައި މަސައްކަތް ކުރަމުން އައީ ރަށް ގިރަމުންދާތީ އެކަމަށް ފިޔަވަޅު އަޅަން ކުރާ މަސައްކަތުގައި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.