ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯއިން ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ބުނީ 11.19 ރުފިޔާއަށް ޑީސަލް ލީޓަރެއް މިހާތަނަށް ވިއްކަމުން އައިނަމަވެސް އެއަގުން 30 ލާރި މިހާރުވަނީ ހެޔޮކޮށްފައި ކަމަށެވެ.

ޑީސަލަށް ގެނައި ބަދަލާއެކު އެސްޓީއޯ އިން ޑީސަލް ލީޓަރެއް މިހާރު ވިއްކަމުންދާނީ 10.89 ރުފިޔާ އަށެވެ.

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލުގެ އަގު ދޭތެރެ ދޭތެރެއިން އެ ކުންފުނިން އަންނަނީ ހެޔޮ ކުރަމުންނެވެ. އެގޮތުން އެެސްޓީއޯ އިން މިދިޔަ އަހަރު ތިން ފަހަރަގެއް މަތިން ޑީސަލްގެ އަގު ހެޔޮ ކޮށްފައިވެއެވެ. މިއީ މިއަހަރު ތެލުގެ އަގު ރާއްޖޭގެ ބާޒާރުގައި ހެޔޮ ކުރި ފުރަތަމަ ފަހަރެވެ.