ހުޅުމާލޭން މާލެއަށް އަންނަ ބަހުގެ އާ ރޫޓު ގާއިމްކޮށް މާލޭގެ ހެންވޭރުގެ ދެ ސަރަހައްދަކަށް ބަސް ހުއްޓާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

ގްރެޓާ މާލެ ޓްރާންސްޕޯޓް ލިންކްގެ ހިދުމަތް ފުޅާ ކުރުމުގެ ގޮތުން އިއްޔެއިން ފެށިގެން އާ ބަސް ރޫޓެއް މާލޭއާއި ހުޅުމާލެއާ ދެމެދު ފޭސުމަށް ވަނީ ނިންމާފައި ކަމަށެވެ. އަދި މީރޫޓުގެ ބަސް ދަތުރު ކުރާނީ މަލޭގެ ކާނިވާ ސަރަަހައްދުން ހުޅުމާކެއަށް ކަމަށް އެމްޕީއެލުން ބުނެއެވެ.

އެގޮތުން މި ރޫޓުގައި ދަތުރުކުރާ ބަސް ދެ ސަރަހައްދަކަށް މާލޭއިން ދެ ސަރަހައްދަކަށް އަދި ހުޅުމާލޭގެ ދެ ސަރަހައްދަކަށް ހުއްޓުމަށް ވަނީ ހަމަޖެހިފައެވެ. މާލޭގެ ހެންވޭރުކޮޅަށް ދިއުމަށް ހަމަޖެހިފައިވާ ބަސް ހުއްޓާ ފުރަތަމަ މަންޒިލަކީ ހެންވޭރު ވޮލީ ކޯޓު ކުރިމައްޗަށެވެ. އެއަށް ފަހު ކާނިވާ ސަރަަހއްދުގައި ހުންނަ ބަސްހުއްޓިއަށް ކަމަށް އެމްޕީއެލުން ބުނެއެވެ. ހުޅުމާލެ ސަރަަހައްދުތަކުގެ ތެރެއިން ބަސްހުއްޓާ ދެ ސަރަހައްދަކީ އސުރުމާ ހިނގުމުގައި ހުންނަ ރެޑްވޭވް ކުރިމައްޗަށާއި، ހުވަނދުމާ ހިނގުމުގައި ހުންނަ ސެންޓްރަލް މޯލް ކުރިމައްޗަށެވެ.

ހުޅުމާލެއިން މާލެއަށް ބަހުގައި ދަތުރުކުރާ ފާރާތްތަކުގެ ތެރެއިން ހެންވޭރަށް ދަތުރު ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން އެމްޕީއެލުން އާ ރޫޓެއް ގާއިމް ކުރުމުގެ ވާހަކަ ދެކެވިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި ގޮތަށް ބަސް ދަތުރުކުރާ އާރޫޓެއް ގާއިމުކުރުމަށް ނިންމީ ހުޅުމާލެއިން އަންނަ ގިނަ މީހުންގެ ތެރޭގައި މާލޭގައި ވަޒީފާއަށް ގޮސް މަސައްކަތް ކުރާ ގިނަ ފަރާތްތައް ބަހުގައި ދަތުރު ކުރާތީ އާއި ކުރިން ބަސް ދަތުރު ކުރަމުންދާ ރޫޓުން ހަދާފައިވާ ބަސް ސްޓޮޕްތަކަކީ ހެންވޭރުގައި ހުންނަ އޮފީސްތަކާ ދުރު މަގެއް ކަމުންނެވެ.

ބަހުގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ޒަމާނީ ވަސީލަތަށް ފެތޭގޮތަށް ވަނީ "މާލެ ބަސް" ނަމުގައި މޯބައިލް އެޕްލިކޭޝަނެއް ވެސް ތައާރަފްކޮށްފައެވެ. އެގޮތުން އެ އެޕް މެދުވެރިކޮށް ބަސްރޫޓްތަކާއި ޝެޑިއުލްތަކާއި ބަސް ކާޑުގެ ބެލެންސް ބަލާލެވޭނެއެވެ.