އއ އުކުޅަހުން ގެއްލިގެން ހޯދަމުން ދިޔަ 18 އަހަރުން ދަށުގެ ކުޑަ ކުއްޖާ ފެނިއްޖެއެވެ.

ފުލުހުން ބުނީ ކުޑަ ކުއްޖަކު ގެއްލިގެން ފުލުހުންނަށް ރޭ ދަންވަރު 12:08 ގައި ރިޕޯޓު ކުރި ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން އެ ކުއްޖާ ހޯދުމަށް ކުރި މަސައްކަތުން އޭގެ ކުޑަ ވަގުތުކޮޅެއްގެ ފަހުން ކުއްޖާ ފެނިފައިވާ ކަމަށާއި އެ ކުއްޖާ ފެނިފައި ވަނީ އެ ރަށުގެ ޖެޓީ ސަރަހައްދުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެ މައްސަލަ ތަހުގީގުކޮށް މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން ދާއިރު، މިދިޔަ ޖަނަވަރީ މަހު ގދ. ހޯޑެއްދޫންވެސް ޒުވާނަކު ގެއްލިގެން ހޯދާފައި ވެއެވެ.