11 ފިރިހެނުންނާއެކު ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައިފިއެެވެ.

ފުލުހުން ބުނީ ނ މަނަދޫ ނެރުމައްޗަށް ޑިންގީއެއް ބަންޑުން ޖަހާލާފައިވާ ކަމުގެ މައުލޫމާތު މިރޭ 7:37 ހާއިރު ފުލުހުންނަށް ރިޕޯޓުކޯށްފައިވާ ކަމަށެވެ.

އެ ޑިންގީއިން ދަތުރުކުރީ 11 ފިރިހެނުން ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ. އެ ޑިންގީއިން ދަތުރުކުރި އެންމެންވެސް ވަނީ މަނަދޫއަށް ގެންދެވިފާ ކަމަށާއި އެ ޑިންގީވެސް ވަނީ މަނަދޫ ފަޅުތެރެއަށް ވައްދާފައި ކަމަށް ފުލުހުން މައުލޫމާތި ދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބަންޑުން ޖެހާލާފާވައި ޑިންގީއަކީ ނ. މަނަދޫއަށް ދަތުރުކުރި ޑިންގީއެއް ކަމަށާއި އެއީ އެ އަތޮޅު މިލަދޫއިން މަނަދޫއަށް ފުޓްބޯޅަ ކުޅެން ދިޔަ މިލަދޫ ފުޓްބޯޅަ ކުޅުންތެރިން ތިބި ޑިންގީއެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކަނޑުމަތީގެ ހާދިސާތަށް ގިނަވެފައި ވާއިރު، މިދިޔަ މަހުގެ 22 ވަނަ ދުވަހު ނޮކު މޯލްޑިވްސް ރިސޯޓް ނެރުމަށްޗަށް ލޯންޗެއް ބަންޑުން ޖަހާލައި، ވަނީ ދިވެއްސަކު ނިޔާވެފައެވެ.

މީގެ އިތުރުން ކަނޑުމަތީގައި ހިނގި 2 ހާދިސާއެއްގައި ދެ ދިވެއްސަކުވެސް ގެއްލިގެން އެމްއެންޑީއެފުން ދަނީ ހޯދަމުންނެވެ. ނަސްރުﷲ ނަމަކަށްކިޔާ އެ މީހާ ގެއްލިފައިވަނީ ޑިންގީއަކާއި ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައެވެ. ދެވަނަ މީހަކީ ފަރަށް އެރި ބޯޓަކުން ގެއްލުނު ދިވެހި ފިރިހެނެކެވެ.