މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ތިން ފަތުރުވެރިއަކަށް ދިން ހަމަލާއާ ގުޅިގެން ދިވެހިރާއްޖެއަކީ އަދިވެސް ޓެރަރިޒަމްގެ ހަމަލާތަކެއް ދީފާނެ ގައުމެއް ކަމަށް އިނގިރޭސިވިލާތް (ޔޫކޭ) އިން ބުނެފިއެވެ.
އެ ހަމަލާއާ ގުޅިގެން އިނގިރޭސި ސަރުކާރުގެ ޓްރެވަލް އެޑްވައިޒަރީ މިއަދު އަޕްޑޭޓު ކޮށްފައި ވާއިރު، ޓްރެވަލް އެލާޓަށް ޓެރަރިޒަމް އިތުރުކޮށް ދިވެހިރާއްޖެއަކީ ޓެރަރިޒަމްގެ ހަމަލާތަކެއް ދީފާނެ ގައުމެއް ކަމަަށް ފާހަގަކޮށްފައި ވެއެވެ.
އެގައުމުން ނެރުނު ޓްރެވަލް އެލާޓުގައި ބުނެފައި ވަނީ ރާއްޖެއަށް އަންނަ އެގައުމުގެ "ބްރިޓިޝް" ފަތުރުވެރިންނަށް އެންމެ ގިނައިން ކުރިމަތިލާންޖެހޭ އެއް ކަމަކީ ޕާސްޕޯޓު ގެއްލުމުގެ މައްސަލައާއި ވަގަށް ނެގުމުގެ މައްސަލަ ކަމަށެވެ. އަދި ފީނުމާއި ޑައިވް ކުރުމުގައި ދިމާވާ ހާދިސާތަކަކީވެސް އޭގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް އެ އެލާޓުގައި ބުނެއެވެ.
ހުޅުމާލޭގައި ތިން ފަތުރުވެރިއަކަށް ދިން ހަމަލާއާ ގުޅިގެން އިނގެރޭސިވިލާތުގެ ފަތުރުވެރިން ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށްވެސް އެ ގައުމުން ވަނީ އިލްތިމާސްކޮށްފައެވެ.
ހުޅުމާލޭގައި ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ ހަމަލާއާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އެ ހަމަލާ ދިނުމުގައާއި ހަމަލާ ރޭވުމުގައި ހަރުކަށި ފިކުރުގެ މީހުންގެ ބައިވެރިވުން އެބައޮތް ކަމަށެވެ.
އެ ހަމަލާ ދިން ފަރާތްތަކާއި ހަމަލާ ރޭވި ފަރާތްތަކުގެ އިތުރުން އެކަމަށް އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތައް ވެސް އިންސާފުގެ ކުރިމައްޗަށް ގެންދިއުމުގެ މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެއެވެ.
އެ ހަމަލާއާ ގުޅުން ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ މެސެޖެއްގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތްވެސް ފުލުހުން ކުރަމުން އެބަދެއެވެ.
އުސާބިންލާދިންގެ ނަމުގައި ނެރެފައިވާ ވީޑިޔޯތަކާއި މެސެޖްތައް އެމެރިކާއިން ޚަރަދުކޮށްގެން އުފައްދާ ނެރެފައި ވަނީ އިނގިރޭސި ކުންފުންޏަކުން ކަމަށް ބުނާއަޑު އިވޭ. ހުޅުމާލޭގައި ވަޅިން ދިން ހަމަލާގެ ޒިންމާ އުފުލިކަމަށް ބުނެ ނެރެފަވާ ވީޑިއޯ އަކީވެސް އެކަހަލަ ކަމެއް ކަމަށް ބެލެވޭ. އެއީ ސަރުކާރުން ބަންދުކުރަން ބޭނުން މީހުން ހަރުކަށި ފިކުރޭ ވީޑިއޯ އޭ ކިޔާފަ ބަންދުުރުމަށް ކުރާކަ ންތަށް. ޜާއްޖޭގަ ހައްދުފަހަނަ އަޅާފަތިބި ހުރިހާ މީހުން ތިބީ ސަރުކާރުގެ އެއްމެ މަތީ ވަޒީފާތަކުގަ. ރައްޔިތުންގެ ފައިސާއިން ބޮޑުމުސާރަ ދީފަ.