ޑައިވިން އަށް ދިޔަ ފަތުރުވެރިޔަކު މަރުވެއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ޅ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ފަތުރުވެރިއަކު ނިޔަވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 9:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ނިޔާވެފައި ވަނީ އުމުރުން 69 އަހަރުގެ އޮސްޓްރީއާއަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ، މި މީހާ ގިނަ އިރުތަކެއް ވަންމެއް ޑައިވް ކުރުމަށްފަހު އެއްވެސް ހަރަކާތެއް ނެތި ފެންމަތީގައި އޮތްތަން ފެނުމުން ޑައިވިން އިންސްޓްރަކްޓަރު މިމީހާ ބޯޓަށް ނެގުމަށްފަހު ސީޕީއާރާއި އޮކްސިޖަން ދީފައިވާ ކަމަށެވެ.

އަދި މި މީހާ ހޮސްޕިޓަކަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މި މައްސަލާގައި ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

ޑައިވިން އަށްދާ ފަތުރުވެރިންނާއި އެހެނިހެން މީހުން މަރުވުމުގެ ހާދިސާތައް ހިނގަމުންދާ މިންވަރު ރާއްޖޭގައި މިހާރަކަށް އައިސް ގިނަކަން ވަނީ ފާހަގަކުރެވިފައެވެ.