ހުޅުމާލޭ ރަބަރު ގަސް މަގުން ދުއްވާފައި ދިޔަ 2 ސައިކަލެއް ޖެހި އެކްސިޑެންޓުވެއްޖެއެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓާއި ގުޅޭ މައުލޫމަތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 13:45 ހާއިރު ކަމަށެވެ. މި އެކްސިޑެންޓް ހިނގި ވަގުތު އެތަނުން އެއް ސައިކަލް ދުއްވަން އިން 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އަނެއް ސައިކަލްވެސް ދުއްވަން އިނީ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާއަކީ ޓްރެފިކް މައްސަލައެއްގައި މީގެ ކުރިން ލައިސަންސް ހިފަހައްޓާފައިވާ މީހެއް ކަމަށެވެ. އެހެންކަމުން އޭނާވެސް ސައިކަލް ދުއްވި އިރުގައި ލައިސަންސް ނެތް ކަމަށް ފުލުހުން ބުނެއެވެ. އެ ސައިކަލް ފަހަތުގައިވެސް މީހެއް އިން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓުގައި 3 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި، އެމީހުންވަނީ މިހާރު ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ.

މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގުކުރަމުން ނެވެ.