ޖެންޑާ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ޝިދާތާ ޝަރީފަކީ އަދާލާތު ޕާޓީގެ މުގޫކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝީދާތާ އިސްތިއުފާ ދެއްވުމާ ގުޅިގެން އޭނާ ނިސްބަތްވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައ ވަނީ ޝިދާތާއަށް ތައުރީފު ކުރައްވާފައެވެ. އިމްރާން ވިދާޅުވީ ޝިދާތާއަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި އުފެދުނު ހިތްވަރުގަދަ ކަނބަލެއް ކަމަށާއި އަދާލާތު ޕާޓީގެ މުގުލަކީވެސް ޝިދާތާ ކަމަށެވެ. އަދި އެ ޕާޓީއަށާއި އޭނާ ކުރެއްވި މަސައްކަތުގެ އަގު ނުކުވެރެވޭނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
މީގެ އިތުރުން އިމްރާން ވިދާޅުވީ ޝިދާތާގެ ތަރި ރާއްޖޭގެ ސިޔާސީ އުދަރެހުން އޮއްސެން އަދި ގާތްވެސް ނުވާކަމަށެވެ.
އާންމުންގެ ގިނަ ބަޔަކާއި މަޖިލީހުގެ މެންބަރުންގެ ފާޑުކިއުން އަމާޒުވެފައި ވަނިކޮށް ޖެންޑާ މިނިސްޓަރުގެ މަގާމުން ޝިދާތާ ޝަރީފް މިއަދި ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި އެ މަގާމަށް ކުރީގެ ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އައްޔަނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނިންމަވައިފައެވެ.
އާއިޝަތު މުހައްމަދު ދީދީއަކީ މިވަގުތު އިންޑިއާގައި ހުންނަވާ ދިވެހި ސަފީރެވެ. ރައީސް ސޯލިހްގެ ސަރުކާރުގައި ބޭރު ގައުމަކަށް ކަނޑައެޅި އެންމެ ފުރަތަމަ ސަފީރަކަށްވެސް ހަމަޖައްސަވާފައި ވަނީ އާއިޝާ ދީދީއެވެ. އަދި އިންޑިއާއަށް ރާއްޖެއިން ކަނޑައެޅި ފުރަތަމަ އަންހެން ސަފީރުވެސް މެއެވެ. އިންޑިއާއަށް ކަނޑައެޅި ސަފީރުގެ ކުރިން އެކަމަނާ ހުންނެވީ ވިލާ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓާ (އެކެޑެމިކް) ގެ މަގާމުގައެވެ.
މާ ބޮޑަށް ލަސްވެއްޖެ