ވެންޖޫން ވޭންގްއަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަހުގެ ފެށުން ކަމުގައިވި ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީގެ ރަށްވެއްސެކެވެ. އުމުރުން 33 އަހަރުގެ، ގެވެހި އަންބެކެވެ. ވައިރަސް ކޮންޓްރޯލް ކުރުމުގެ ނަމުގައި ވޫހާން ސިޓީ ކަރަންޓީނުކޮށް، ޖަނަވަރީ 23 ވަނަ ދުވަހު އެ ސިޓީ ބަންދުކުރި ފަހުން ވޭންގްއާއި އޭނާގެ އާއިލާ ތިބީ ވޫހާންގައި ތާށިވެފައެވެ. އެދުވަހުން ފެށިގެން އަދާ ހަމައަށް ހޭދަވި ކޮންމެ ވަގުތަކީވެސް ދިރިހުރުމަށްޓަކައި ވޭންގްއާއި އޭނާގެ އާއިލާއިން ވަރުގަދަ ހަނގުރާމައެއް ކުރަމުންދާ ވަގުތެކެވެ.
ކޮރޯނާވައިރަސް ފެތުރެން ފެށިފަހުން ވޭންގްގެ ބޮޑު ބޭބެއެއް ވަނީ ނިޔާވެފައެވެ. ބައްޕަ ބަލިވެ، ހާލު އިންތިހާއަށް ކްރިޓިކަލްއެވެ. މަންމައާއި ބޮޑުދައިތަގެ ފަރާތުންވެސް މިހާރު އަލާމާތްތައް ފެންނަ ކަމަށް ވޭންގް ބުންޏެވެ. ވޭންގް ބުނާ ގޮތުގައި އެމީހުންގެ ފުއްޕާމޭ ވަނީ އިންފެކްޓް ވެފައެވެ. އޭނާގެ ބޭބެވެސް މިހާރު ކެއްސައެވެ. ނޭވާލާން ދަތިވެގެން އެކަމުގެ ޝަކުވާވެސް ކުރެއެވެ.
ވޭންގް ބުނާ ގޮތުގައި އޭނާ ބައްޕަ މިހާރުވެސް ދަނީ ޗައިނާގެ ބޭސްވެރިކަމާ ހުޅަނގުގެ ބޭސްވެރިކަންވެސް ބޭނުންކުރަމުންނެވެ. ކަން މިހެން އޮތް ނަމަވެސް، އަދި ހޮސްޕިޓަލަކުން ޖާގައެއް ލިބޭ ގޮތެއް ނުވެއެވެ. ވޭންގް ބުނާ ގޮތުގައި އެމީހުން ދާނެ ހޮސްޕިޓަލެއްވެސް ނެތެވެ. އެމީހުން ބަލައިގަންނާނެ ހޮސްޕިޓަލެއްވެސް ނެތެވެ. ކޮރޯނާ ވައިރަހަށް ޓެސްޓުކުރާ ކިޓްތައް ހުސްވެފައި ހުރުމުން، ބައްޕަގެ ބައްޔަކީ އެއީ ކަން ކަށަވަރު ނުވާތީ، ބައްޕަ އެޑްމިޓް ކުރާނެ ހޮސްޕިޓަލެއް ނެތް ކަމަށް ވޭންގް ބުންޏެވެ.
ވޫހާންގައި އާންމު ދަތުރުފަތުރު ކުރުން އޮތީ މަނާކޮށްފައެވެ. ބަލި ހާލުގައިވެސް މަންމައާއި ބޮޑުދައިތަ، ފައިމަގުގައި ކޮންމެ ދުވަހަކު ހޮސްޕިޓަލަށް ދެއެވެ. ވޭންގްގެ ބައްޕައަށް އެނދެއް ލިބޭތޯއެވެ. އެކަމަކު އަދިވެސް ނަސީބެއް އަތުގައި ނުހިފިއެވެ.
އެއްވެސް މީހެއްގެ އަޅާލުން ނުލިބޭ: ވޭންގް
ބަލީގެ 'ކުދިކުދި' އަލާމާތްތައް ފެންނަ މީހުން ކަރަންޓީނު ކުރުމަށް ވޫހާންގެ އެކި ހިސާބުތަކުގައި ކަރަންޓީނު ފެސިލިޓީތައް ވަނީ ގާއިމު ކޮށްފައެވެ. ވައިރަހުގެ އަސަރުކޮށް، އަލާމާތްތައް ފެނުމާ ދެމެދު ހޭދަވާ މުއްދަތު ނުވަތަ އިންކިއުބޭޝަން ޕީރިއަޑްގެ ދުވަސްތައް ގުނަމުންދާ މީހުންވެސް ތިބެނީ މި ތަންތަނުގައެވެ.
ވޭންގް ބުނާ ގޮތުގައި އެތަނުގައިވެސް ހުންނަނީ ވަރަށް އަސާސީ ސާމާނެވެ. އޭނާގެ ބައްޕަ ފަދަ، ކްރިޓިކަލް ހާލުގައި އޮންނަ ބަލި މީހުންނަށް އެތަންތަން އެކަށީގެންނެއް ނުވެއެވެ. އެންމެ ކުޑަމިނުން އެނދެއްހާ ހިސާބުވެސް ކަރަންޓީނު ފެސިލިޓީތަކުގައި ނެތްކަމަށް ވޭންގެ ކިޔައިދިނެވެ.
ވެންގްގެ އުއްމީދަކީ ބައްޕައަށް އެފަދަ ހާލެއް މެދުވެރި ނުވުމެވެ. ނަމަވެސް ބައްޕަގެ ހާލާ ގުޅިގެން މަޝްވަރާ ކޮށްލާނެ ސިއްހީ އެހީތެރިއަކު ނެތްތާ، އެފަދަ މީހަކާ ގުޅޭނެ އިންތިޒާމުވެސް ހަމަޖެހިފައި ނެތްކަން ވޭންގެ ފާހަގަކުރެއެވެ.
ކަރަންޓީނު ފެސިލިޓީގެ ނަމުގައި ޗައިނާގައި ހިންގަމުން ދަނީ ހޮޓާތަކެއް ކަމަށް ވޭންގް ސިފަކުރެއެވެ. އޭނާގެ ބޮޑުބޭބެ ބަލިވެގެންވެސް ދެވުނީ އެފަދަ ތަނަކަށް ކަމަށް ވޭންގް ބުންޏެވެ. ބޮޑުބެ އެންމެ ބަލިވި ދުވަހުވެސް މިފަދަ ތަނަކަށް ގޮސްގެން ލިބުނު އެހީތެރިކަމެއް ނެތްކަމަށް ވޭންގް ބުންޏެވެ.
"ރޭގަނޑުވެސް ދިނީ ފިނިވެފަ ހުރި ކާއެއްޗިހި. ބޮޑުބޭބެ ގޮވައިގެން ދިޔައީ ބައްޕަ. އެ ދެމީހުންނަށް ތިބެން ޖެހުނީ 2 ކޮޓަރިއެއްގަ. އޭރުވެސް ބޮޑުބޭބެގެ ހާލު ވަރަށް ސީރިއަސް. އިރުއިރުކޮޅާ ހޭ ހުސްވޭ. ނޭވާލާން އިންތިހާއަށް ދަތިވޭ. ބޮޑުބޭބެ ގާތަށް ބައްޕައަށް ދެވުނީ އަނެއް ދުވަހުގެ ހެނދުނު. އޭރު ބޮޑުބޭބެ ނިޔާވެއްޖެ" ހާލަތު ކިޔައިދެމުން ވޭންގް ބުންޏެވެ.
ކަރަންޓީނަށް ދިއުމަށްވުރެ ވެސް ގޭގައި މަރުވުން ވެސް ރަނގަޅު: ވޭންގް
ކޮރޯނާވައިރަހާ ގުޅިގެން ދުނިޔެ ސިއްސުވާލި އަނެއް ޚަބަރަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޗައިނާއިން މާސިންގާ ހޮސްޕިޓަލުތަކެއް އަޅާ ޚަބަރެވެ. އެއީ ބޭރަށް ފެންނަ މަންޒަރެވެ.
ގައުމު ތެރޭގެ ހާލަތު ކިޔައިދިނީ ވޭންގްއެވެ. ވޫހާން ސިޓީ ހިމެނޭ ހުބޭ ޕްރޮވިންސްގައި 2 ހޮސްޕިޓަލެއް ވަގުތުން ވަގުތަށް އަޅާ، ބައެއް ޚިދުމަތްތައް ދޭން ފަށާފައި ވާއިރު، އެ ތަންތަނަކީ މިހާރުވެސް ހޮސްޕިޓަލުތަކުގައި ތިބި މީހުންނަށް ހާއްސަ ކޮށްފައިވާ ތަންތަން ކަމަށް ވޭންގް ބުންޏެވެ. ފިތިބާރުވެފައިވާ ހޮސްޕިޓަލުން ބައެއް ޕޭޝަންޓުން ބަދަލު ކުރަނީ އަލަށް ބިނާކުރި ހޮސްޕިޓަލު ތަކަށެވެ.
ވޭންގްގެ ބައްޕަ ފަދަ މީހުންނަށް ބާ ހޮސްޕިޓަލުން ޖާގަ ނުލިބުނުތާ އާ ހޮސްޕިޓަލުން އެނދެއްހާ ހިސާބުވެސް ލިބޭކަށް ނެތެވެ.
ވޭންގް ބުނާ ގޮތުގައި ޗައިނާ ސަރުކާރުން ދީފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރާ ކަމުގައި ވަނީނަމަ މިއަދު އެމީހުން ދާން ޖެހެނީ ކަރަންޓީނު ފެސިލިޓީ އަކަށެވެ. ނަމަވެސް އެތަނުގައި އެމީހުންނަށް ކުރެވިފައިވަނީ ހިތްދަތި ތަޖުރިބާއެކެވެ.
"ބޮޑުބޭބެއަށް ވީ ގޮތް ބައްޕައަށް ވާކަށް ބޭނުމެއް ނޫން. އެތަނުގައި އޮވެ މަރުވެދިއުމަށްވުރެ، ގޭގަ މަރުވުންވެސް މާ ރަނގަޅު" ވޭންގްގެ ހިތުގައި އަޅަމުންދިޔަ ވޭންތައް ބޭރުކޮށްލިއެވެ.
އިންފެކްޓްވެފައިވާ މީހުންގެ އަދަދު އިންތިހާ
ވޭންގް ބުނާ ގޮތުގައި އޭނާގެ އާއިލާ ފަދަ އެތައް އާއިލާއެއް މިއަދު ވޫހާންގައި އެބަ އުޅެއެވެ. ކަރަންޓީނު ފެސިލިޓީންވެސް ޖާގަ ނުލިބި ގަދައަށް ހުން އަންނަ މީހުން އެބައުޅޭ ކަމަށް ވޭންގް ބުންޏެވެ. ވަސީލަތްތައް މަދެވެ. އިންފެކްޓް ވެފައިވާ މީހުންގެ އަދަދު އެއަށް ވުރެ އެތައް ގުނައެއް އިތުރެވެ.
ޖަނަވަރީ 23 ވަނަ ދުވަހަކީ ވޫހާން ޖަލަކަށް ބަދަލުވާނެ ދުވަސްކަން ކުރިން އެނގުނުނަމަ އޭނާގެ އާއިލާ ގޮވައިގެން އެ ސަހަރުން ނިކުތީސް ކަމަށް ވޭންގް ބުންޏެވެ. ވޫހާންގައި ލިބޭ އެއްވެސް އެހީއެއް ނެތެވެ. ސަރުކާރުގެ ބަސް އަހައިގެން ވޫހާންގައި މަޑުކުރުމަށް ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުން ކަމާ މެދު މިއަދު ވޭންގްގެ ހިތުގައި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.
ވޫހާން ސިޓީގައި ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުން ދިޔަ ސީފުޑް މާކެޓަކުން އުފެދި، ހަލުވި ކަމާއެކު ފެތުރެން ފެށި 2019-އެންކޯވް ވައިރަހުގެ އަސަރު ކޮށްފައިވާ މީހުންގެ އަދަދު ބުދަ ދުވަހުގެ ހެނދުނުގެ ނިޔަލަށް ރެކޯޑް ކުރެވިފައިވާ ގޮތުގައި 24500 އަށްވުރެ މައްޗަށް އަރައެވެ. މީގެ ތެރެއިން 3223 މީހަކު އޮތީ ކްރިޓިކަލް ހާލެއްގައެވެ. 492 މީހެއްގެ ފުރާނަ ގެއްލިފައި ވާއިރު، ޗައިނާގެ މައި ރަށުން ބޭރުން، ހޮންގްކޮންގާއި ފިލިޕީންސުންވެސް މީހުން މަރުވި ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ. މި ބައްޔަށް ކަނޑައެޅިގެން ވަކި ފަރުވާއެއް ނެތެވެ. ނަމަވެސް ބަލީގެ އެކި އަލާމާތްތައް ފަރުވާ ދީގެން، 900 އަށް ވުރެ ގިނަ މީހުން މިހާރު ރަނގަޅު ވެފައި ވާކަމަށް ރެކޯޑް ތަކުން ދައްކައެވެ.
އެއީ ލިޔުނު މީހާގެ ކުށެއް ނޫން، ތަންދޮރު ބަލާފަ އެއްޗެހި ކިޔަމާ!
ކކކިހާ ބޮޑު އުނދަގުލެއް ތިލިޔާ އެެއްޗެއް ތަންޚޮޅެއް ސާފް ވާގޮތައް ލިޔެބަ
ކިޔެފަ ހަބަރު އަޕްް ކޮއްލުމުގެ ކުރިން އަޅެ ބަލާލުމެއްމެސް ނެތީތަ ބޮލާ ނޮހޮރައްޕާން
ހަބަރު ލިޔާއިރު ކިޔާމީހާއަށް ކިޔަންއެނގޭނެހެން ލިޔެބަލަ. ނޫނީ ހަބަރު ނުލިޔެބަލަ
ތިބުނީި ރަނގަޅަށް