ކުޑަ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ފުލުހުން ބުނީ، ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަނުގެ ރަށެއްގައި 55 އަހަރުގެ ދިވެހި ފިރިހެނެއް އޭނާގެ ދެ ދޮންދަރިންނާ މެދު ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ ހޮނިހިރު ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މި މައްސަލާގައި އަނިޔާ ލިބިފައި ވަނީ 18 އަހަރުން ދަށުގެ ދެ އަންހެން ކުދިންނަށް ކަމަށެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދާއިރު، ކުޑަކުދިންނަށް ކުރާ އަނިޔާއަކީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ މައްސަލައެކެވެ. އަދި ކުދިންގެ އައިޑެންޓިޓީތައް ރައްކާތެރި ކުރުމަށްޓަކައި އެ ކުދިންގެ އަތޮޅާއި ރަށް ހާމަނުކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

ކުޑަ ދެ އަންހެން ކުދިންނަށް ދޮން ބައްޕަ ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައި ވާއިރު، ނިމިދިޔަ ޖެނުއަރީ މަސް ތެރޭގައި މިފަދަ އެތައް މައްސަލައެއް ވަނީ ފެންމަތިވެފައެވެ.