ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހްމަދު ހިޝާނުގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ހިޝާންގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަން ފުލުހުން ކަށަވަރު ކޮށްދީފައި ވާއިރު، އެކަމާ ބެހޭ މާބޮޑު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ހިޝާންގެ ޕާސްޕޯޓް ހިފަހައްޓާފައި މިވަނީ މައްސަލައަކާ ގުޅިގެން މިދިޔަ ހުކުރު ދުވަހު އޭނާ ފުލުހަށް ހާޒިރުކޮށްފައި ވަނިކޮށެވެ. ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށްޓަކައި ޖެނުއަރީ 31 ވަނަ ދުވަހު ހިޝާން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައި ވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ހިޝާން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައި ވަނީ ކޮން މައްސަލައެއްގައި ކަމެއް ނުބުނެއެވެ.

އެ ދުވަހު އޭނާ ފުލުހަށް ހާޒިރު ކުރީ، ސްރީލަންކާއަށް އޭނާ ދިއުމަށްޓަކައި ފްލައިޓަށް އަރައި ހުއްޓާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ހިޝާންއާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ދަނީ ތަފާތު އެކި ކަހަލަ ވާހަކަ ދެކެވެމުންނެވެ. އެގޮތުން، އޭނާ ކުޑަކުދިންނަށް އަދި ހާއްސަކޮށް ހާއްސަ އެހީއަށް ބޭނުންވާ ފިރިހެން ކުދިންނަށް ޖިންސީ ގޯނާ ކުރާ ކަމުގެ އަޑުތައް ވެސް ވަނީ ގަދަވެފައެވެ