މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ ކުރަމަތި ރިސޯޓުން ސްނޯކްލިން އަށް ގޮސް އުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެފައިވާ ކަަމުގެ ރިޕޯޓް މިއަދު ހަވީރު 5:00 ހާއިރު ލިބިފައިވާ ކަމަށެވެ. މި ހާދިސާގައި މަރުވެފައިވަނީ 71 އަހަރުގެ ސްޕެއިން ފިރިހެނެކެވެ.

ފުލުހުން އަންނަނީ މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.