ރ. މަޑުއްވަރީ ދޯންޏެއްގައި ވެލި ނަގަން ދިޔަ މީހަކު މަރުވެއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މިހާދިސާގައި މަރުވެގައި ވަނީ 52 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ. އަދި މި ހާދިސާގެ މައުލޫމަތު ފުލުހުންނަށް ލިބިފައިވަނީ މިއަފު ހަވީރު 5:12 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މަރުވި ފިރިހެން މީހާ މަޑުއްވަރީ ހެލްތް ސެންޓަރަށް ގެންދިޔަ ފަހުން ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.މަޑުއްވަރީ ހެލްތް ސެންޓަރާ ހަވާލާދީ ފުލުހުން ބުނީ، މި މީހާގެ މަރުގައިި ޝައްކު ކުރެވޭ އެއްވެސް ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.މި ހާދިސާގައި ފުލުހުން ދަނީ ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.