ޖިންސީ ގޯނާ ކޮށް ބްލެކްމެއިލް ކުރުމާއެކު 14 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ސިފައިންގެ މީހާ ވަނީ ސަސްޕެންޑްކޮށްފައި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ، ފުލުހުން ބަލަމުންދާ މައްސަލައެއްގައި ސިފައިންގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ރަސްމީކޮށް ފުލުހުން އެމްއެންޑީއެފަށް އަންގާފައިވާ ކަމަށެވެ. އަދި މިކަން އެންގުމާއެކު، އެމްއެންޑީއެފްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކަމާބެހޭ ކޮމިޓީ ބައްދަލުކޮށް އޭނާ ސަސްޕެންޑްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

[17:18, 1/23/2020] Nima: އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނުގައި ބުނީ، ސިފައިންގެ ދެމީހަކކު 15 އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވިދާޅުވުމާ ގުޅިގެން އެއީ ކޮން ސިފައިންގެ ދެމީހެއްތޯ ދެނެގަތުމަށް މެންބަރާ ސުވާލުކޮށްފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު އެނގޭނީ ފުލުހުންނަށް ކަމަށް ވިދާޅުވުމުން އެ މައުލޫމާތު ހޯދުމަށް މިދިޔަ ހޮނިހިރު ދުވަހު ފުލުހުންގެ އިދާރާގައި އެދިފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

ސިފައިން ވެގެން 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް 6 މަސް ވެގެން ދިޔައިރުވެސް ނުބަލާ، އޮއްބާލާފައިވާ ކަން ހާމަވީ، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި މުއައްސަސާތައް ހަރުދަނާ ކުރަން ޖެހޭ ކަމަށް ބުނެ ދެއްކި ވާހަކާގައެވެ. މި ވާހަކަ ހިއްސާކުރައްވާފައި ވަނީ މި މަޝްވަރާގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ނެއްގެވި މިސާލެއްގައެވެ.

އެމްއެންޑީއެފްގެ ބަޔާނުގައި ބުނީ، ރޮޒައިނާ ވިދާޅުވީ ދެ ސިފައިންގެ މީހެއްގެ ވާހަކަ ކަމަށް ވީއިރު މިއަދާ ހަމައަށް އައިއިރު ވެސް އެއީ ކޮންބައެއްކަން ދެނެގަނެވިފައި ނުވާ ކަމަށެވެ. އަދި ފުލުހުން ހާމަކުރި މައުލޫމާތުން ވެސް އެ ދެ ސިފައިންގެ މީހަކީ ކޮންބައެއްކަން ދެނެގަނެވިފައި ނުވާ ކަމަށް އެ ބަޔާނުގައި ބުނެއެވެ.

މީގެ އިތުރުން ސިފައިންގެ މީހަކާ ބެހޭގޮތުން މިފަދަ މައުލޫމާތެއް ރޮޒައިނާއަށް ލިބިވަޑައިގެންނެވުމުން އެކަން އެމްއެންޑީއެފާ ހިއްސާ ކުރެއްވިނަމަ، އަދި ފުލުހުން ވެސް އެފަދަ މައްސަލައެއް ތަހުގީގު ކުރަމުންދާކަން ހިއްސާކުރި ނަމަ އެ ސިފައިންގެ މީހަކާ މެދު ވަގުތުން ފިޔަވަޅު އަޅާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިނުވާތީ ހިތާމަ ކުރާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.