އިނގިރޭސިވިލާތުގެ ވަލީއަހުދު ޗާލްސްގެ ހަގު ފިރިހެން ދަރިފުޅު ހެރީ، ޝާހީ އާއިލާގެ މަގާމާ ލަގަބުތައް ދޫކޮށް، އަންހެނުން އަދި މަޝްހޫރު ޓީވީ ބަތޮލާ މޭގަން މާކެލްއާއި ދަރިފުޅު އާޗީއާއިއެކު ރަސްމީކޮށް ކެނެޑާއަށް ދިރިއުޅުން ބަދަލުކޮށް، އާ ގައުމުގައި ދިރިއުޅުން ފަށައިފިއެވެ.

ޖަނަވަރީ މަހުގެ 8 ވަނަ ދުވަހު މުޅި ދުނިޔެ ސިއްސުވާލި ވަރުގަދަ ޚަބަރަށްފަހު ޝާހީ އާއިލާއިން ކުރި މަޝްވަރާތައް ނިންމާލީ ޝާހީ އާއިލާގެ ހުރިހާ ޒިންމާއަކުން ހެރީ 'މިންޖުކޮށް'، އާދައިގެ ރައްޔިތެއްގެ ގޮތުގައި ހެރީއާއި އޭނާގެ ކުޑަކުޑަ އާއިލާއިން ދިރިއުޅޭ ގޮތަށް އެއްބަސްވުމަކަށް އައުމަށްފަހުގައެވެ.

ކެނެޑާއަށް ދިރިއުޅުން ބަދަލުކޮށް އާގައުމެއްގައި ހެރީގެ އާއިލާއިން ދިރިއުޅުން ފެށިއިރު މީޑިއާގެ ރާޑަރުންނަށް އެ ދެމަފިރިންނާ ދަރިފުޅަށް ސަލާމަތް ވެވޭގޮތެއް އަދި ނުވެއެވެ. އެގޮތުން ކެނެޑާގައި މޭގަންއާއި ދަރިފުޅު އާޗީ ހިނގާލަން ދިޔަ މަންޒަރު ފެންނަ ފޮޓޯތަކެއް އިނގިރޭސިވިލާތުގެ މީޑިއާގައި ދައުރުވެފައިވާއިރު، ކެނެޑާއިން މިފަދަ މަންޒަރުތައް ނެގުމުން އެއްކިބާވުމަށް މީޑިއާތަކަށް ގޮވާލާފައެވެ.