ދިގުލާ ގޮސްފައިވާ ކަޝްމީރުގެ މައްސަލާގައި އިންޑިޔާއާއި ޕާކިސްތާނުގެ ގުޅުން ހުރި ނެތް ގޮތް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާ، އެ ދެގައުމުން އެދިއްޖެ ހިނދެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ހުންނެވި ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ކަންމިހެން އޮތް ނަމަވެސް މި އެހީއަކީ އެމެރިކާއިން ނުވަތަ އެމެރިކާގެ ރިޔާސަތުން ކޮން ގޮތަކަށް ފޯރުކޮށްދެއްވާނެ އެހީއެއް ކަމެއް ޓްރަމްޕް ތަފްސީލުކޮށްދެއްވާފައެއް ނުވެއެވެ.

ވާލްޑް އިކޮނޮމިކް ފޯރަމްގެ ހަވާސާގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންއާއި ބައްދަލުކުރެއްވުމުގެ ކުރިން ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ވިޔަފާރިއާއި ސަރަހައްދީ އިމާ ގުޅުންހުރި ކަންކަމަކީ މަޝްވަރާ ކުރަން މުހިންމު ނުކުތާތަކެއް ކަމަށެވެ. އިމްރާޏް ވިދާޅުވީ މަޝްވަރާތަކަށް މުހިންމީ އަފްގާނިސްތާނުގެ މައުލޫކަމަށެވެ.

1947 ވަނަ އަހަރު އިންޑިޔާއާއި ޕާކިސްތާނަށް ލިބުނު ފަހުން އަދާ ޖެހުނުއިރުވެސް ކަޝްމީރުގެ މައްސަލައަށް ހައްލެއް ލިބިފައި ނުވާއިރު، ފާއިތުވީ 2019 ވަނަ އަހަރަކީ މިމައްސަލާގައި އިންޑިޔާއާއި ޕާކިސްތާނުގެ ގުޅުން އިންތިހާއަށް ހީނަރުވެ، ނުރައްކާތެރި ހަނގުރާމައެއްގެ ތުންފަތް މައްޗަށް ދެގައުމު ވައްޓާލި މައްސަލައެކެވެ.