ކްރިމިނަަލް ކޯޓާއި، ސިވިލް ކޯޓު އަދި ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓާއި ތ. ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓަށް އާ ފަނޑިޔާރުންތަކެއް އައްޔަން ކޮށްފިއެވެ.

މިއަދު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އަލަށް ކޯޓުތަކަށް އައްޔަން ކުރި ފަނޑިޔާރުންނަށް މަގާމުގެ ހުވާ ލާދެއްވާ، މަގާމުގެ ފަތްކޮޅު އަރުވާފައެވެ.

މި ފަނޑިޔާރުންނަށް މަގާމުގެ ހުވައި ލާދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. އަދި މަގާމުގެ ފަތްކޮޅުު އަރުއްވާފައި ވަނީ ޖޭއެސްސީގެ ރައީސް ހިސާން ހުސެއިނެވެ.

މިއަދު އައްޔަން ކުރި ފަނޑިޔާރުން:

  • ކްރިމިނަލް ކޯޓު: ފނަޑިޔާރު އާދަމް މުހައްމަދު
  • ސިވިލް ކޯޓު: ފަނޑިޔާރު އަހްމަދު އަބްދުލްމަތީން
  • ސިވިލް ކޯޓު: ފަނޑިޔާރު ފައްޔާޝް ޝާތިރު
  • ސިވިލް ކޯޓު: ފަނޡިޔާރު އައިޝަތު އަޒްފާ އަބްދުލްޣަފޫރު
  • ސިވިލް ކޯޓު: ފަނޑިޔާރު ރިޒްމީނާ
  • ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓު: އިސްމެޖިސްޓްރޭޓް ފަތުހުﷲ ޖަމީލް މޫސާ
  • ތ. ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓު: އިސްމެޖިސްޓްރޭޓް އަބްދުﷲ ހުސައިން

މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑަިއގެންނެވި ފަރާތްތަކުގެ ތެރޭގައި ސުޕްރީމްކޯޓުގެ ފަނޑިޔާރުންނާއި، ޖޭއެސްސީގެ ރައީސާއި، ނައިބު ރައީސްގެ އިތުރުން ޖޭއެސްސީގެ ބައެއް މެންބަރުން ހިމެނެއެވެ. އަދި ޑީޖޭއޭގެ އެޑްމިނިސްޓްރޭޝަނާއި ޖޭއެސްސީގެ އިސްވެރިންނާއި މުވައްޒަފުން ވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.