12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން 80 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، ޖެނުއަރީ 11 ވަނަ ދުވަހު ސައުތް ސެންޓްރަލް ޕޮލިސް ޑިވިޝަނުގައި ހިމެނޭ ރަށަކުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ބުނީ، މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން 80 އަހަރުގެ ފިރިހެނަކު މިއަދު ހައްޔަރު ކޮށްފައިވާއިރު، 5 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން 56 އަހަރުގެ ފިރިހެނަކު ވަނީ އިއްޔެ ހައްޔަރުކޮށް ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައެވެ.
މީގެ އިތުރުން، އުމުރުން ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާއި ގުޅިގެން އެކުއްޖާގެ 82 އަހަރުގެ މުނި ކާފައާއި، 62 އަހަރުގެ ކާފަ އަދި 33 އަހަރުގެ ބައްޕަ ވެސް ވަނީ މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފައެވެ. މި ތިން މީހުންގެ ބަންދަށް ވެސް ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.
ކަޑަ