މަތީ ތައުލީމު ހާސިލު ކުރާ ކުދިންނަށް އިތުރު އުނދަގުލަކާ ކުރިމަތިލާކަށް ނުޖެހޭނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ހިލޭ ޑިގްރީ ސްކީމުގެ ދަށުން ކިޔަވާ ކުދިންގެ ތެރެއިން ސީދާ ދަރިވަރުންނަށް ފައިސާ ދިނުމުގައި ހުރި ގޮންޖެހުންތައް ނައްތާލެވިއްޖެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ދަރިވަރުން އިތުރު ތަކުލީފްތަކަކާ ކުރިމަތިލާން ނުޖެހޭނެ ކަމަށް ވިދާޅުވެ، އެކަމަށް މިނިސްޓަރު ވަނީ ރައީސް އޮފީހަށާއި، ފިނޭންސް މިނިސްޓްރީއަށް ޝުކުރު އަދާ ކުރައްވާފައެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ ހިލޭ ޑިގްރީ ސްކީމުގެ ދަށުން ކިޔަވާ ކުދިންގެ ތެރެއިން ސީދާ ދަރިވަރުންނަށް ފައިސާ ދިނުމުގައި ހުރި ގޮންޖެހުންތައް ނައްތާލެވިއްޖެ ކަން އިއުލާން ކޮށްފައެވެ.

އެ މިނިސްޓްރީން ބުނީ، މިހާރު ހިލޭ ޑިގްރީއަށް ކިޔަވާ ކުދިން ފައިސާ ހޯދުމަށް އެދި ހުށަހަޅާ ފޯމު އަލުން ހުށަހަޅަން ފަށަންވީ ކަމަށެވެ. އަދި އަންގާ މުއްދަތުގެ ތެރޭގައި މި ފޯމުތައް ޕްރޮސެސް ކުރާނެ ކަމުގެ ޔަގީން ކަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދީފައެވެ.

ހިލޭ ޑިގްރީއަށް ކިޔަވައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެގޮތުން، ހިލޭ ޑިގްރީއަށް ކިޔަވަން މިހާތަނަށް 5000 އަށް ވުރެ ގިނަ ދަރިވަރުން ހުށަހަޅާފައިވާ ކަމަށެވެ.