5 ގްރާމްގެ މަސްތުވާތަކެއްޗާއެކު ނ.މާޅެންދޫ ސްކޫލުގެ ޕްރިންސިޕަލް ހައްޔަރުކޮަށްފިއެވެ.

ފުލުހުން ބުނީ މިއަދު މެންދުރުފަހު މާޅެންދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 5 ގަރާމުގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައި ވާ ކަމަށެވެ.

އަދި އެއީ 49އަހަރުގެ ދިވެހި ފިރިހެނެއްކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ނ.މާޅެންދޫ ޕްރިންސިޕަލް ގެންގުޅުނު މަސްތުވާ ތަކެތި / ފޮޓޯ: ޕޮލިސް

މީގެ އިތުރުން ފުލުހުން ބުނީ ހައްޔަރުކޮށްފައި ވާ މީހަކީ ޒިންމާދާރު ވަޒީފާއެއް އަދާކުރަމުންދާ މީހެއް ކަމަށެވެ. އަދި އެ މައުޅޫމާތު ކަމާބެހޭ އިދާރާތަކާ ހިއްސާކޮށްފައިވާނެ ކަމަށެވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ ނ. މާޅެންދޫ ސްކޫލްގެ ޕްރިންސިޕަލް ޔޫސުފް އާދަމްއެވެ.

މަސްތުވާތަކެތީގެ މައްސަލަތައް އާންމުވެފައި ވާއިރު، މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް ތެރެއިން ކަމަދޫ ކައުންސިލްގެ ނައިބް ރައީސް ވަނީ މަސްތުވާ ތަކެއްޗާއެކު ވަނީ ހައްޔަރުކޮށްފައެވެ.